2027ގެ ނިޔަލަށް ބޭންކް ރޭޓުގައި ޑޮލަރު ލިބޭނެ: ރައީސް

ޑޮލަރ މަރުކުރަނީ

ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާއެކު ޑޮލަރުގެ މައްސަލަ ހައްލުވެ، 2027 ވަނަ އަހަރުގެ ނިޔަލަށް ބޭންކް ރޭޓްގައި ޑޮލަރު ލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޒުވާނުންނަށް ހާއްސަކޮށް އާންމުކުރެއްވި ސިލްސިލާ ޕޮޑްކާސްޓް "ސްޕޮޓް އޮން" ގެ ފުރަތަމަ އެޕިސޯޑްގައި ރައީސް މުއިއްޒު ވިދާޅުވީ ޑޮލަރުގެ މައްސަލަ ހައްލުކުރަން ވަގުތު ބޭނުންވާ ކަމަށެވެ.

އެ ގޮތުން ސަރުކާރުން އަޅަން ނިންމާފައިވާ ފިޔަވަޅުތައް ތަންފީޒުވެއްޖެނަމަ ޑޮލަރުގެ މައްސަލައަށް ހައްލު ލިބޭނެކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.

"މިހާރު އަޅުގަނޑުމެން މިބަލަނީ 2027 ވަނަ އަހަރުގެ ނިޔަލަށް އަސްލު ޑޮލަރު ރޭޓުގައި ޑޮލަރު ލިބޭނެ ކަމަށް" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ޑޮލަރުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބޭންކްތަކަށް ޑޮލަރު މާރުކުރާ ގަވާއިދަށް އެއްބާރުލުން ލިބޭކަން ރައީސް ފާހަގަކުރެއްވި އެވެ. ޑޮލަރުގެ މައްސަލަ އެއްކޮށް ހައްލުކުރުމަށް އިތުރު ފިޔަވަޅުތަކެއް އެބަހުރި ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ބޭރު ފައިސާ އިން ލިބޭ އާމްދަނީގެ ބައެއް، ބޭންކްތަކަށް ޖަމާކުރަންޖެހޭ ގޮތަށް މަރުކަޒީ ބޭންކް -- އެމްއެމްއޭ އިން ހެދި ގަވާއިދުގެ ދަށުން 150 މިލިއަން ޑޮލަރު ބޭންކްތަކަށް ޖަމާކޮށްފައިވާ ކަމަށް ރައީސް މުއިއްޒު ވަނީ މިދިޔަ މާޗް މަހު ވިދާޅު

ވެފަ އެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.