ރައްޒާކް އިބްރާހިމް މިނިސްޓަރު އޮފް ސްޓޭޓް ,މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން
" ހަށިހެޔޮ ރާއްޖެ" ޒޯން 2 މަސައްކަތުގެ އަގުވަޒަންކޮއްފިއެވެ.
ޅ. ނައިފަރުގައި ބޭއްވުނު މި ހަރަކާތުގައި ބައިވެރިން ޕްރޮގްރާމްގެ ކާމިޔާބީ ފާހަގަކޮއްފިއެވެ. ބައިވެރިންނަށް ފުރިހަމަ ކަމުގެ ސެޓްފިކެޓް ދީފައިވަނީ އެބޭފުޅުންގެ ހިދުމަތްތެރިކަމާއި މަސައްކަތުގެ އަގުވަޒަންކުރުމަށްށެވެ. 10 ޑސެންބަރު ވާ އަންގާރަދުވަހު ނިންމުމުގެ ރަސްމީއްޔާތުގައި އިސް މެހެމާނެއްގެ ގޮތުގައި ނައިފަރު ދާއިރާގެ މެމްބަރު ޔާސީން ހޯސްޓް ކުރުމުގެ ޝާރަފު ކުޅިވަރާއި ބެހޭ މިނިސްޓިރީއަށް ލިބިއްޖެއެވެ. މެމްބަރު ޔާސީން ވަނީ މި ޕޮރޮގްރާމުގެ ތަސައްވުރަށް ތައުރީފުކޮށް، ބައިވެރިންނަށް ހަރުދަނާ ދުޅަހެޔޮ މުޖުތަމައުއެއް ބިނާކުރުމަށް ހިތްވަރު ދެއްވައިފިއެވެ.
ހަށިހެޔޮ މުޖުތަމަޢެއް ބިނާކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ "ހަށިހެޔޮ ރާއްޖެ" ޕްރޮގްރާމު ރައީސުލްޖުމްހޫރިއްޔާގެ ނައިބް އަލްއުސްތާޛް ހުސައިން މުޙައްމަދު ލަޠީފް އިފްތިތާހްކޮށްދެއްވައިފިއެވެ. މި ޕްރޮގްރާމް އިފްތިތާހްކޮށްފައިވަނީ އެކަމަށްޓަކައި ކުޅުދުއްފުށި ސިޓީގައި ބޭއްވި ރަސްމިއްޔާތުގައެވެ.
ހަށިހެޔޮ ރާއްޖެ" ޕްރޮގްރާމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ކުޅިވަރާއި ހަށިހެޔެކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވީ މިއީ ކުޅިވަރުގެ ހަރަކާތްތައް ދެމެހެއްޓެނިވިގޮތަކަށް ކުރިއަށްގެންދިޔުމަށް ފެށި މުހިންމު މަސައްކަތަކެއްކަމަށެވެ. އަދި މިއީ ސިއްޙަތާއި ދުޅަހެޔޮކަމަށް މުހިންމު ފިޔަވަޅުތަކެއް އެޅޭނެ ޕްރޮގްރާމެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ސަރުކާރުގެ އަމާޒަކީ ކޮންމެ ރަށެއްގައިވެސް ކުރިއަށްގެންދާ ކުޅިވަރުގެ ހަރަކާތްތަކަކީ އެކަމަށް ފަންނީ މީހުންނާއެކު ހިންގޭ ހަރަކާތްތަކެއް ހެދުންކަމަށް ފާހަގަކުރައްވަމުން ވަޒީރު ވަނީ ކުޅިވަރާއި ކަސްރަތުން ފަންނީ ހުނަރުވެރިކަން ފުޅާކުރުމަށްޓަކައި އެދާއިރާއިން ޒުވާނުން ތަމްރީންކޮށް އާމްދަނީ ހޯދޭނެ ގޮތް ތަނަވަސްކޮށްދިނުމަކީ ސަރުކާރުގެ ވަޢުދެއްކަމަށެވެ.
"މި ޕްރޮގްރާމް ހުރިހާ އަތޮޅުތަކަށް ކުރިއަށް ގެންގޮސް އެކަމުގެ ފައިދާ ކުރާނެ. ޑިސެމްބަރު މަހުގެ 26ގެ ނިޔަލަށް މި ޕްރޮގްރާމް ނިންމާލެވޭނެކަމަށް އުއްމީދުކުރަން" ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވިއެވެ.
"ހަށިހެޔޮ ރާއްޖެ" ޕްރޮގްރަމްގެ ތެރެއިން ރާއްޖޭގެ އަތޮޅުތައް 6 ޒޯން އަކަށް ބަހާލައިގެން ލީޑަރުން ތަމްރީންކުރުމުގެ މަސައްކަތް މިހާރު ބާރުސްޕީޑްގައި ކުރިއަށްދަނީއެވެ. އެގޮތުން ޒޯން 1ގައި ހިމެނޭ ހއ، ހދ އަދި ށ އަތޮޅުގެ ރަށްރަށުގައި ހިމެނޭ ސްޕޯޓްސް ކައުންސިލަރ އާއި ޔޫތު އެސޯސިއޭޓުން ތަމްރީން ކޮސް ސެޓްފިކެޓް ދީފައިވަނީ 7 ނޮވެންބަރުގައި އަދި ޒޯނު 2، ޒޯނު، 3، ޒޯނު 4 ގެ ފުރިހަމަ ކަމުގެ ސެޓްފިކެޓް އަރުވައިފިއެވެ. މި ޕްރޮގްރާމްގައި ސްޕޯޓްސް ކައުންސިލާސް އާއި ޔޫތު އެސޯސިއޭޓުންގެ ޒިންމާތަކާއި އެމީހުންގެ ރޯލަކީ ކޮބައިކަމާއި ކުޅިވަރާ ބެހޭ ވުޒާރާގެ މެންޑޭޓުގައިވާ ކަންތައްތަކަކީ ކޮބައިކަން ހިއްސާކޮށް އަހުލުވެރިކުރުމަށް ހަމަޖެހިފައިވެއެވެ.
ތަމްރީން ޕްރޮގްރާމްގެ ތެރެއިން ފިޒިކަލް އެކްޓިވިޓީސްތަކާއި ތިޔަރީ ކްލާސްތައް ހިމެނޭގޮތަށް ލީޑަރޝިޕް ސްކިލްސްއާއި މެނޭޖްމަންޓް ސްކިލްސް އުގަންނައި ދިނުމަށް ހަމަޖެހިފައިވާކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. މީގެ މައިގަނޑު މަޤްޞަދަކީ ރަށްރަށުގައި އެކިއުމުރު ފުރައިގެ މީހުންނަށް ފިޓްނަސް ޕްރޮގްރާމްތަށް ކުރިއަށް ގެންދާއިރު ތަފާތު ހަރަކާތްތައް ގެންދާނެ އެންމެ ރަނގަޅު ގޮތްތައް އަންގައިދިނުމަށް ހަމަޖެހިފައިވެއެވެ. އަދި މުޖުތަމަޢު ތަމްރީން ޕްރޮގްރާމްތަކާއި ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި އެރަށަކަށް އެންމެ އެކަށޭނެ ޕްރޮގްރާމަކީ ކޮބައިތޯއާއި އިވެންޓުތައް މެނޭޖް ކުރާނެ ގޮތްތައް އަންގައިދީ މަޤްބޫލު އިވެންޓެއްގެ ގޮތުގައި ގެންދާނެ ގޮތްތައް ދަސްކޮށްދިނުމަށް ހަމިަޖެހިފައިވާކަމަށްވެސް ކުޅިވަރާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
ކޮމެންޓް