ކައިވެނި ނުކުރިޔަސް ހައުސިންގް ސްކީމްތަކުން ފުރުސަތު ލިބޭނެ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު

ކުރިއަށް އޮތް ތަނުގައި ހައުސިން ސްކީމުތަކުން ކައިވެނި ނުކުރާ މީހުންނަށް ވެސް ފުރުސަތު ލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

"ދެނޯ" ގެ އެއް ވަނަ އެޕިސޯޑަށް ދެއްވި އިންޓަވިއުގައި ވާހަކަފުޅު ދައްކަވަމުން ރައިސް ވިދާޅުވީ، ބޯހިޔާވަހިކަމަކީ ޒުވާނުންނަށާއި ހުރިހާ އުމުރުފުރާގެ މީހުންނަށް ވެސް ބޭނުން ޖެހިފައިވާ މުހިންމު ކަމެއް ކަމަށެވެ.

އަދި ހާއްސަކޮށް މާލެ ފަދަ ކާރޫ ބާރޫ ބޮޑު ތަނެއްގައި އެ ބޭނުން ބޮޑުކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ، އެ މައްސަލަ ހައްލު ކުރުމަށް ބައިވަރު މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ. އަދި މިހާރު އޭގެ ތެރެއިން ވެސް ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އަދި އެގޮތުގެ މަތިން ކުރިއަށް އޮތް ތަނުގައި ހައުސިންގް މަޝްރޫއުތައް ފެށުމުން ޒުވާނުންނާއި ކައިވެނި ނުކޮށް ތިބޭ ކުދިންގެ އިތުރުން އަލަށް ކައިވެނި ކުރާ ކުދިންނަށް ވެސް ބޯހިޔާވަހިކަމުގެ ފުރުސަތުތައް ހޯއްދަވާ ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ ސަބަބެއްގެ ގޮތުގައި ރައީސް ވިދާޅުވީ ބައެއް މީހުން ވަންނާނެ ތަނެއް ނެތުމުން ވެސް ކައިވެނި ނުކޮށް ތިބޭ ކަމަށެވެ.

އެހެން ކަމުން އެ ކަންކަމަށް ވެސް ވިސްނާ އެކަންތައް ތައް ހައްލު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ. އަދި މިފަދަ ބޮޑު މައްސަލައެއް ހައްލު ވެއްޖެ ނަމަ އިތުރު ކަންކަން ހައްލު ވުމުގެ މަގު ފަހިވެގެންދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެ

ފައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.