ގިނަ އަދަދެއްގެ ފައިސާ ހޯދި މައްސަލައަކާއި ގުޅިގެން މީހަކު ހޯދަނީ

ހ. ހަވިއްތަ / މާލެ އަލީ އާޒިމް

ޑޮލަރު މާރުކުރަންކަމަށް ބުނެ ގިނަ އަދަދެއްގެ ފައިސާ އެކި ފަހަރު މަތިން ހޯދާފައިވާ މައްސަލައަކާއި ގުޅިގެން މީހަކު ހޯދަން ފަށައިފިއެވެ،

ފުލުހުން ބުނީ މި މައްސަލައިގައި ހޯދަމުން ދަނީ ހ. ހަވިއްތަ / މާލެ އަލީ އާޒިމް(43އ)ކަމަށެވެ.

ފުލުހުން ބުނީ މ. ދިއްގަރު ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތުން ޑޮލަރު މާރުކުރަންކަމަށް ބުނެ ގިނަ އަދަދެއްގެ ފައިސާ އެކި ފަހަރު މަތިން ހޯދާފައިވާ މައްސަލައެއްގެ ތަހުގީގަށް އާޒިމް ހާޒިރުކުރަން ބޭނުންވާ ކަމަށެވެެ. އެހެންނަމަވެސް އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގާ ކަމަށެވެ.

އެގޮތުން ފުލުހުން ވަނީ މައްސަލައިގެ ތަހުގީގަށް ސުވާލުކުރުމަށް މ. ދިއްގަރު ޕޮލިސް ސްޓޭޝަން، އޭޕްރީލް 20 ވަނަ ދުވަހުގެ 13:00 އަށް ހާޒިރުވުމަށް އަންގާފައެވެ.

ފަހަކަށް އައިސް ޑޮލަރު މާރުކޮށްދޭ ކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަ އިތުރުވަމުން އަންނައިރު ފުލުހުންނައި ކަމާއި ގުޅޭ އިދާރާތަކުން އަންނަނީ މިފަދަ މުއާމަލާތްތައް ހިންގާއިރު ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. އަދި ޑޮލަރު މާރުކުރާއިރު އެއީ އެކަމުގެ ހުއްދަ ލިބިފައިވާ ފަރާތެއްކަން ޔަގީންކުރުމަށް އެދިފައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.