އޯޕީޑީ ބަންދު ކުރީ ބަލިމީހުން އެ ތަންތަނަށް ދިއުމުގައި ތަކުލީފަކަށް ވާނެތީ

އައިޖީއެމްއެޗް

މާލެ ސަރަހައްދަށް ވެހުނު ބޯ ވާރޭގެ ސަބަބުން މަގުތަކުގައި ފެން ބޮޑުވެ، ހިނގާބިނގާވެ އުޅުމަށް ދަތިވެފައިވާތީ، މާލެ ސަރަހައްދުގައި ސަރުކާރުން ހިންގާ ތިން ހޮސްޕިޓަލެއްގެ އައުޓް ޕޭޝަންޓް ޑިޕާޓްމަންޓް (އޯޕީޑީ) މިއަދަށް ބަންދުކޮށްފިއެވެ.

މިގޮތުން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)، ދަރުމަވަންތަ ހޮސްޕިޓަލް، އަދި ވިލިމާލެ އަދި ހުޅުމާލެ ހޮސްޕިޓަލްގެ އޯޕީޑީ ޚިދުމަތް ވަނީ ހުއްޓާލާފައެވެ. ނަމަވެސް، އައިޖީއެމްއެޗުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި ހޮސްޕިޓަލްތަކުގެ އިންޕޭޝަންޓް ޑިޕާޓްމަންޓް (އައިޕީޑީ)ގެ ޚިދުމަތްތައް އާންމު ގޮތަށް ކުރިއަށްދާނެއެވެ.

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލް ހުންނަނީ މާލޭގައި އެންމެ ފެންބޮޑުވާ ސަރަހައްދުގައި ކަމަށްވާއިރު، އިއްޔެ ހަވީރުން ފެށިގެން ރޭ ފަތިހާ ޖެހެންދެން ކުރި ވިއްސާރައިގެ ސަބަބުން އެ ސަރަހައްދުގެ މަގުތައް ވަނީ ފެނުން ބޮޑުވެފައެވެ. ޚާއްޞަކޮށް އައިޖީއެމްއެޗް ހުންނަ މަގުގެ ހާލަތު ވަނީ އިންތިހާއަށް ގޯސްވެފައެވެ.

މޫސުން ގޯސްވެ، އެކި ރަށްރަށުގެ މަގުތަކުގައި ފެންބޮޑުވެ، އާންމުންނަށް ދަތިތަކެއް ކުރިމަތިވެފައިވާތީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިއަދު ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވާފައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.