ސްމާރޓް މީޓަރ ހަރުކުރާނީ ރަމަޟާން މަހަށްފަހު

ސްޓެލްކޯ

ސްޓޭޓް އިލެކްޓްރިކް ކޮންޕެނީ ލިމިޑެޓް، ސްޓެލްކޯއިން ސްމާރޓް މީޓަރ ހަރުކުރުމުގެ މަސައްކަތް ރަމަޟާން މަހުގެ ފަހުން ފަށާނެކަމަށް އެ ކުންފުނިން ވިދާޅުވެއްޖެއެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ސްޓެލްކޯއިން ވަނީ މި މަޝްރޫޢުގެ ޕައިލެޓް ޕްރޮޖެކްޓެއް ކުރިއަށްގެންގޮސްފައެވެ. ދައުލަތުގެ މީޑިޔާ ޕީއެސްއެމްނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ ޖެނެރަލް މެނޭޖަރ އިބްރާހިމް ނާޝިދު ވިދާޅުވީ އެންމެ ފުރަތަމަ ސްމާރޓް މީޓަރ ހަރުކުރުމަށް ވިސްނާފައިވަނީ ހުޅުމާލޭގައިކަމަށެވެ. އެހެންނަމަވެސް މަސައްކަތްކުރާނީ އެއް ފަހަރާ ގިނަ ސަރަހައްދުތަކުގައި މި ޕްރޮޖެކްޓް ފެށުމަށްކަމަށް އެ ކުންފުނިން ވަނީ ވިދާޅުވެފައެވެ.

ނާޝިދު ވިދާޅުވީ ސްމާރޓް މީޓަރ ޕްރޮޖެކްޓާއެކު ކަސްޓަމަރުންނަށް ވަރަށް ބޮޑު ފަސޭހަކަމެއް ލިބިގެންދާނެކަމަށެވެ. އެގޮތުން ކޮންމެ 15 މީޓަރުން ކަރަންޓް ހޭދަވާ މިންވަރު ކަސްޓަމަރުންނަށް އަމިއްލައަށް ބަލާލެވޭނެކަމަށެވެ. ނާޝިދު ވިދާޅުވީ އެ ކުންފުނީގެ އަމާޒަކީ 1 އަހަރު ދުވަހުގެ ތެރޭގައި މި ޕްރޮޖެކްޓް ނިންމާލުންކަމަށެވެ.

“އަމާޒަކީ ހުރިހައި ކަސްޓަމަރުންގެވެސް މީޓަރުތައް ސްމާރޓް މީޓަރުތަކަށް ބަދަލުކުރުން މާލެއާއި ރަށްރަށުގައިވެސް ހުރިހައި ދިމާލެއްގައިވެސް ބަދަލުކޮށްފައި މިހާރު ޓާގެޓްކުރަނީ 1 އަހަރު ދުވަހުގެ ތެރޭގައި މި ޕްރޮޖެކްޓް ނިންމުން". ނާޝިދު ވިދާޅުވިއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.