އައިމަން، އިސްރަށްވެހިންނާއެކު
ބައްދަލުވުމުގައި އައިމަން ވަނީ އިސްރަށްވެހިންނަށް ދިމާވާ ދަތިތަށް އޮޅުންފިލުވާފަ
ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލާ ހުޅުމާލެ ދާއިރާގެ މާލެ ސިޓީ ކައުންސިލް މެންބަރު އަލީ އައިމަން ދާއިރާގެ ރައްޔިތުންގެ ޚިދުމަތަށް ނުކުމެއްޖެއެވެ.
އެގޮތުން އައިމަން ވަނީ ހުޅުމާލެ ދާއިރާގެ ބަޔެއް އިސްރަށްވެހިންނާއި ރޭގެ ވަގުތެއްގައި ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި އައިމަން ވަނީ އިސްރަށްވެހިންނަށް ދިމާވާ ދަތިތަށް އޮޅުންފިލުވާފައެވެ.
އައިމަން އަކީ ކެންޕެއިން ދުވަސްވަރުގައި ވެސް ރައްޔިތުންގެ އަޑު އަހާނެ ކަމަށާއި ރައްޔިތުންނާއި ގާތުން މަސައްކަތް ކުރައްވާނޭ ކަމަށް ވިދާޅުވަމުންނެވެ. އިންތިޚާބު ވުމަށްފަހުވެސް އައިމަން އަންނަނީ އެ ބަހުގައި ހިފަހައްޓަމުންނެވެ. އަދި އަމަލީ ގޮތުން އެކަން އަންނަނީ ދައްކަމުންނެވެ.
އައިމަން ވަނީ ޕީއެންސީގެ އެތެރޭގެ އިންތިޚާބުގައި ހުޅުމާލެ ދެކުނު ދާއިރާގެ ރައީސްކަމަށް ކުރިމަތިލައްވާފައެވެ.
ކޮމެންޓް