ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލް
އެކި ފަރާތް ތަކަށް ގުޅައި ފައިސާ ހޯދަމުން ދާކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ޝަކީލް ވިދާޅުވި
މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލްގެ ނަމުގައި އޮޅުވާލައިގެން މީހުން އަތުން ފައިސާ ހޯދަމުންދާކަމަށް އޭނާ ހާމަކުރައްވައިފިއެވެ.
ޝަކީލް މީސް މީޑިއާގައި އާންމު ކުރެއްވި މެސެޖެއްގައި ވަނީ ޝަކީލްގެ ފަރާތުން ކަމަށް ބުނެ އަބްދު الله ރަޝީދު ކިޔާ މީހަކު އެކި ފަރާތް ތަކަށް ގުޅައި ފައިސާ ހޯދަމުން ދާކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެކި ފަރާތްތަކުގެ އަތުން ބޮޑެތި އަދަދުތަކުން ފައިސާ ހޯދުމަށް ސްކޭމް ކޯލްތަކެއް ކުރަމުން ދާތީ ސަމާލުވުމަށްވެސް ޝަކީލް ވަނީ އެދިފައެވެ.
ޝަކީލްގެ ފަރާތުން ކަމަށް ބުނެ އެއްވެސް ފަރާތަކުން ފައިސާ ހޯދުމަށް ކުރާ ފޯން ކޯލްތަކަށް އިޖާބަ ނުދިނުމަށް ޝަކީލް ވަނީ އިލްތިމާސް ކުރައްވާފައެވެ.
ޝަކީލް ހާމަކުރައްވާ ގޮތުގައި މި މައްސަލަ ބަލައި ދިނުމަށް ފުލުހުންނަށް ހުށައަޅާފައިވާނެއެވެ.
ސަރުކާރުގެ މުއައްސަސާތަކާއި މުއައްސަސާތަކުގެ ވެރިންގެ ނަމުގައި ސްކޭމް ކޯލުތަށް ކުރާ މިންވަރުވަނީ އިތުރުވެފައެވެ.
ކޮމެންޓް