އައިޑީ ކާޑު
ޑީއެންއާރުއިން ސޯޝަލް މީޑިޔާގައި ޙިއްސާކޮށްފައިވާ ޕޯސްޓެއްގައި ވަނީ އެ އިދާރާއިން 2024 ވަނަ އަހަރުގެތެރޭގައި ކޮށްފައިވާ ބައެއް މަސައްކަތްތައް ހިއްސާކޮށްފައެވެ.
ހަމައެއާއެކު 2024 ވަނަ އަހަރުގެތެރޭގައި ޑީއެންއާރުއިން ވަނީ 3 އަތޮޅެއްގައި އައިޑީ ކާޑު ޕްރިންޓުކުރުމުގެ ޚިދުމަތް ފަށާފައެވެ. އެއީ ގއ އަތޮޅާއި ދ އަތޮޅުގެ އިތުރުން ހދ އަތޮޅުގައެވެ.
ނާރެސް ޕޯޓަލް މެދުވެރިކޮށް ކައުންސިލްތަކަށް އައިޑީކާޑްގެ ސްޓޭޓަސް ބެލުމާއި މާލެއެކޭ އެއްފަދައިން އައިޑީ ކާޑް ދޫކުރުން އަދި އެޕްލިކޭޝަންތައް ބަލައިގަތުމަށް ހިދުމަތް ލިބޭނެއެވެ.
2024 ވަނަ އަހަރުގެ ފަހުކޮޅު ސަރުކާރުން ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓްކުރަން ފެށުމުގެ މަގުޗާޓު ވަނީ އިފްތިތާޙުކޮށްފައެވެ. މި މަގުޗާޓުގެ ދަށުން ކޮންމެ ރަށެއްގައި އައިޑީ ކާޑު ޕްރިންޓުކުރުމުގެ ޚިދުމަތް ރަށްރަށުގައި ފެށުމަށް ހަމަޖެހިފައިވާ އަހަރުގެ މަސްތައް ވަނީ ކަނޑައަޅާފައެވެ.
ކޮމެންޓް