ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް
ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން ޢަބްދުލްޤައްޔޫމްގެ އަތުލިޔުމަށް ނިސްބަތްކޮށް "މައުމޫން" ފޮންޓް ނަމުގައި އައު ތާނަ ފޮންޓެއް ތަޢާރަފުކޮށްފިއެވެ.
މި ފޮންޓަކީ ރައީސް މައުމޫންގެ އަތުލިޔުން އަސްލަކަށް ބަލައިގެން ފަރުމާކޮށްފައިވާ ފޮންޓެކެވެ. މި ފޮންޓް ފަރުމާކޮށްފައިވަނީ ގްރެފިކް ޑިޒައިނަރ އަބޫޝަފީޢު އާއި އީކްރިއާ ސްޓޫޑިއޯއިންނެވެ.
މި ފޮންޓް ތަޢާރަފުކުރެވުމާ ގުޅިގެން ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވަނީ މި ފޮންޓަކީ "ރައީސް މައުމޫންގެ ޤައުމީ ޚިދުމަތުގެ ތެރެއަށް އިތުރުވެގެންދިޔަ އާ ބޮޅެއް" ކަމަށް ވިދާޅުވެފައެވެ. އަދި މިއީ "ދިވެހިބަސް ދިރުވައި އާލާކުރެއްވުމުގެ މަސައްކަތްޕުޅުގެ ރަމްޒެއް"ކަމަށްވެސް ވިދާޅުވެފައިވެއެވެ.
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވަނީ މި ފޮންޓް ތަޢާރަފުކުރުމާ ގުޅިގެން ރައީސް މައުމޫނަށް ޝުކުރު އަދާކުރައްވައި، ފޮންޓް ފަރުމާކުރެއްވި ފަރާތްތަކަށް މަރުޙަބާ ދަންނަވާފައެވެ.
ދިވެހި ތާނަ އަކުރުތަކަށް އައު ފޮންޓެއް އިތުރުވުމަކީ ދިވެހި ބަހުގެ ޑިޖިޓަލް ވަސީލަތްތައް ތަރައްޤީވެގެން ދިއުމަށް ލިބިގެންދާނެ ކުރިއެރުމެއް ކަމުގައި ފާހަގަކުރެވެއެވެ.
ކޮމެންޓް