ޓޮޓެންހާމް
އިނގިރޭސި ޕްރިމިއަރ ލީގުގައި މިރޭ ޓޮޓެންހަމް އަތުން 1-0 އިން ބަލިވުމުން، މަޝްހޫރު މެންޗެސްޓަރ ޔުނައިޓެޑް ތާވަލުގެ 15 ވަނައަށް ވެއްޓިއްޖެއެވެ.
ޓޮޓެންހަމްގެ ދަނޑުގައި ކުޅުނު މިމެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، 13 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޖޭމްސް މެޑިސަންއެވެ.
އިނގިރޭސި ޕްރިމިއަރ ލީގުގެ އެންމެ ކާމިޔާބު ކްލަބު، ޔުނައިޓެޑް 15 ވަނައިގައި އޮތީ 29 ޕޮއިންޓާއެކުއެވެ. ޔުނައިޓެޑުން އަތުން ލިބުނު 3 ޕޮއިންޓާއެކު ޓޮޓެންހަމް ވަނީ 30 ޕޮއިންޓް ހަމަކޮށް 12 ވަނައަށް ކުރިއަށް ޖެހިލާފައެވެ.
މިސީޒަނުގައި ޕްރިމިއަރ ލީގުގައި ޔުނައިޓެޑުން 25 މެޗް ކުޅެފައިވާއިރު، 12 މެޗުން އެޓީމު ވަނީ ބަލިވެފައެވެ. ޔުނައިޓެޑް އެންމެފަހުން މިއަދަދަށް ޕްރިމިއަރ ލީގުގައި އެއްސީޒަނެއްގައި ބަލިވީ 74-1973 ސީޒަނުގައެވެ.
ކޮމެންޓް