މިހާރު ލޯނުތައް ދޭން ޖެހިލުމެއް ނެތް: ޝިޔާމް

މިނިސްޓަރު ޝިޔާމް

ސަރުކާރަށް ބަރޯސާ ނުވެ މިފްކޯ ހިންގޭނެ މާހައުލެއް މިހާރު އެބައޮތް ކަމަށާއި އެއާއެކު، ބޭރުގެ އިންވެސްޓަރުންނާއި ބޭންކްތަކުން މަސްވެރި ސިނާއަތަށް ކުރާ އިތުބާރު ބޮޑުވެފައިވާކަމަށް ފިޝަރީސް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝިޔާމް ވިދާޅުވީ މަސްވެރި ސިނާއަތަކީ ބޭރުގެ އިންވެސްޓަރުންނަށް ފަހި ސިނާއަތަށް ހެދިއްޖެކަމަށެވެ. ބައިނަލްއަގުވާމީ މާކެޓްގައި މަސް ހުންނަ އަގަށް މިފްކޯއިން މަސް ގަންނަން ފެށުމުން މަސްވެރި ސިނާއަތުގައި އޮންނަ ވާދަވެރިކަން އިތުރުވެފައިވާކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ އެކަމުގެ ސަބަބުން އެ ސިނާއަތަށް އިންވެސްޓްކުރާނެ ފަރާތްތައްވެސް އިތުރުވެފައިވާ ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ މިހާރު ބޭރުގެ އިންވެސްޓަރުންނަށް މިއީ ރާއްޖޭގައި އިންވެސްޓްކުރަން ރަނގަޅު ދާއިރާއެއްކަން އެނގޭކަމަށާއި މިއީ ރަނގަޅު ސިނާއަތެއް ކަން ގަބޫލުކޮށް ބޭންކްތަކުންވެސް މަސްވެރި ސިނާއަތަށް ލޯނުތައް ދޭން ޖެހިލުން ނުވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މަސްވެރި ސިނާއަތުން މިއަދު މި ފެންނަ ހެޔޮ ބަދަލުތަކަކީ އިހްލާސްތެރިކަމާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި ކަންކަމުގެ ނަތީޖާކަމުގައި މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

މި ސަރުކާރުން ވެރިކަމާއި ހަވާލުވިއިރު ރާއްޖޭގެ މަސްވެރިކަމުގެ އިގްތިސާދު ވަރަށް ބޮޑަށް ދައްވެ، މިފްކޯގެ މަލީ ހާލަތު ގޯސްވުމާއި ގުޅިގެން މަސްވެރިންނަށް ފައިސާ ދިނުމުގައިވެސް ބޮޑެތި ގޮންޖެހުންތަކެއްވަނީ ކުރިމަތިވެފައެވެ. އެހެންނަމަވެސް މަސްވެރިކަމުގެ ސިޔާސަތު ހަރުދަނާކުރެވި، މަސްވެރިން ކިރާ މަހަށް ފައިސާ ދޫކުރުމާއެކު، މި ދާއިރާއިން ތަމްރީނުވުމަށް ގިނަ ފުރުސަތުތަކެއްވެސް ވަނީ ފަހިވެފައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.