ފުލުހަކަށް ހަމަލާދިން ކުޑަކުއްޖަކު ކޮންޓްރޯލްކުރުމުގައި އަމަލުކުރި ގޮތް ކުއްވެރިކޮއްފި

މީދޫ

ފުލުހަކަށް ހަމަލާދިން ކުޑަކުއްޖަކު ކޮންޓްރޯލްކުރުމުގައި ފުލުސް އޮފިސަރު އަމަލުކުރި ގޮތް ރިވިއު ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

މި ހާދިސާ ހިނގާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ރ. މީދޫގައެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ ފެބްރުއަރީ ބުރާސްފަތި ދުވަހުގެ ރޭ މީދޫ މަގުމަތީގައި އަޑުގަދަކޮށް ހަޅޭލަވަމުންދިޔަ ކުދިބަޔަކަށް އެގޮތަށް އެކަންތައް ނުކުރުމަށް އޮފް ޑިއުޓީގައި ހުރި ފުލުހަކު ނަސޭހަތްތެރިވުމުން އެކަން ނުހުއްޓާނެ ކަމަށް ބުނެ ޖަދަލުކޮށް ޒާތީ މައުލޫމާތު ހިއްސާކުރުމަށް ދެކޮޅުހަދައިފައިވާ ކަމަށެވެ.

ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމަށް އެދުމުން ހަމަނުޖެހުން ހިންގައި ފުލުސް މީހާއަށް ހަމަލާދީފައިވާ ކަމަށާއި މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މީގެއިތުރުން ކުއްޖާއަށް ފުލުސް އޮފިސަރު އަނިޔާކޮށްފައިވާ ކަމަށް އާއިލާއިން ތުހުމަތު ކުރާތީ އެ މައްސަލަ ވެސް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން އިތުރަށް ބުނީ މި އިންސިޑެންޓުގައި ހަމަލާދިން ކުއްޖާ ކޮންޓްރޯލް ކުރުމުގައި ފުލުސް އޮފިސަރު އަމަލުކޮށްފައިވާ ގޮތުގެ ރިވިއުއެއް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޓާޑްސް ކޮމާންޑްއިން ކުރަމުންދާ ކަމަށެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.