ވަޒޫރު އަލީ އިހުސާން
މުރައިދޫގައި ފުލުހުންގެ މަރުކަޒުގެ ބިންގާ މިއަދު އަޅައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ތިލަދުންމަތީ އުތުރުބުރީގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މުރައިދޫގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، މުރައިދޫ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައި ދެއްވާފައިވަނީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާންއެވެ.
މިއީ ރާއްޖޭގެ ހުރިހާ ރަށްރަށަކަށް ފުލުހުންގެ ޚިދުމަތް ފުޅާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން އެޅޭ އަނެއް ފިޔަވަޅެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މި މަހުގެ 21 އިން 23 އަށް ރައީސުލްޖުމްހޫރިއްޔާ ރ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައިވެސް ދެ ރަށެއްގައި ފުލުހުންގެ މަރުކަޒުގެ އިމާރާތުގެ ބިންގާ އަޅުއްވާފައިވެއެވެ. އެގޮތުން މާކުރަތާއި އިންނަމާދޫގައި ޤާއިމްކުރާ ޕޮލިސް އިމާރާތުގެ ބިންގާވެސް ވަނީ އަޅުއްވާފައެވެ.
ސަރުކާރުން މި ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުލުހުންގެ ޚިދުމަތް ޤާއިމްކުރެވި، ރައްޔިތުންނަށް ފުލުހުންގެ ޚިދުމަތް ފަސޭހަކަމާއެކު ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
ކޮމެންޓް