250 މިލިއަން ރުފިޔާގެ އިސްލާމިކް ސޯޝަލް ފައިނޭންސިންގެ މަޝްރޫއެއް އިފްތިތާހުކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު

ޑިޖިޓަލް އިގްތިސާދީ ބަދަލުތަކާއެކު އިސްލާމީ ފައިނޭންސްއަށް ފޯކަސްކުރާ މުހިންމު މާލީ މަރުކަޒެއްގެ ގޮތުގައި ރާއްޖެ ތަރައްގީކުރުން ކަމުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ހެނދުނު ކުރުނބާ މޯލްޑިވްސްގައި ބޭއްވި ރާއްޖޭގެ އިސްލާމިކް ސޯޝަލް ފައިނޭންސް އިނިޝިއޭޓިވްގެ ލޯންޗިން ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އިސްލާމިކް ފައިނޭންސް ފުޅާކުރުމަކީ ސަރުކާރުގެ ނެޝަނަލް ޑިވަލޮޕްމެންޓް ޕްލޭންގައި ހިމެނޭ މުހިއްމު ބައެއް ކަމަށެވެ. އަދި މި އިސްނެގުމަކީ ހަމައެކަނި ޕްރޮގްރާމެއްގެ ގޮތުގައި ބަލަންޖެހޭ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ މާލީ ދާއިރާ ފުޅާކޮށް، އިގްތިސާދަށް އިންގިލާބީ ބޮޑު ބަދަލެއް ގެނައުމަށް ހާއްސަ އިސްކަމެއް ދެއްވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އަމާޒަކީ ރާއްޖެގައި ކާމިޔާބު ފައިނޭންޝަލް ސެންޓަރެއް ގާއިމުކޮށް، އެ ސެންޓަރުގެ ތެރެއިން އިސްލާމިކް ފައިނޭންސް ފުޅާކުރުން ކަމަށެވެ.

އިސްލާމިކް ސޯޝަލް ފައިނޭންސް އިނިޝިއޭޓިވް އަކީ މަރުކަޒީ ބޭންކް، އެމްއެމްއޭ އިން އިސްނަގައިގެން އަންހެނުންނާ، މުޖުތަމައުގެ ހާއްސަ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ، 250 މިލިއަން ރުފިޔާގެ ފައިނޭންސިން މަޝްރޫއެކެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.