ސަރުކާރަށް އަޖުމަބަލާލަންވެސް ހަރަދުކުޑަ ކުރެވޭނެގޮތެއް ނެތް ؟

ޑރ.އިސްމައިލް ޝަފީއު

މިދިޔަ ބުދަ ދުވަގެރޭ އިމާދުއްދީން ސުކޫލް ހޯލުގައި އެޑިއުކޭޝަން މިނިސްޓްރީއިން މާލެ އޭރިޔާ ސުކޫލްތަކުގެ ޕްރީންސްޕަލުން އަދި ސުކޫލްތަކުގެ ޕީޓީއޭ ބޭފުޅުންނާއި ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި މާލެ ސަރަހައްދުގެ ގިނަ ސުކޫލް ތަކުންވަނީ ބައިވެރިވެފައެވެ.

މި ބައްދަލު ވުމަކީ އެޑިއުކޭޝަން މިނިސްޓްރީއިން ސުކޫލްތަކުގެ ކިޔަވައިދިނުން ހަރުދަނާ ކުރުމަށް ސަރުކާރުން ވަމުންދާ ތައްޔާރީތަކަާ ބެހޭގޮތުން މައުލޫމާތު ހިއްސާކުރުމަށް ބޭއްވުނު ބައްދަލުވުމެއް ކަމަށް މިނިސްޓަރު މަޢުލޫމާތު ދެއްވައެވެ. މިނިސްޓްރީ ފަރާތުން ބައިވެރިވެލެއްވީ ތަޢުލީމީ ވަޒީރު ޑރ. އިސްމައިލް ޝަފީއު އަދި އިސްވެރިންނެވެ.

IMG_4431.jpeg

މި ބައްދަލުވުމުގައި ކުޑަކުދިންނަށް ހާއްޞަ ކްލާސްރޫމްތަކުގައި ބޭނުންކުރާ ގޮނޑި ބޮޑެތި ދަރިވަރުން ބޭނުން ނުކުރެވޭތީ ދެދަންފަޅިއަށް ކިޔަވައިދިން ކަމުގައިވިޔަސް ޖާގައިގެ ދަތިކަން ހައްލުކުރަން ގޮންޖެހުންތައް އެބަހުއްޓެވެ. މިނިސްޓަރު ވިދާޅުވިއެވެ. "އެފަދަ ކްލާސްރޫމްތައް ބޭނުން ހިފާނަމަ އެ އެތާނގައި ހުރި ގޮނޑި މޭޒު ބޮޑެތި ކުދިންނަށް އެކަށޭނަ ގޮތަށް ކޮންމެ ދަންފަޅިއަކަށް ބަދަލު ކުރަން ޖެހެއެވެ. އެއީ އުނދަގޫ ދަތިކަމަކަށްވެފައި މި މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން ޖާގައިގެ ދަތިކަން ހުރި ސްކޫލް ތަކުގައި އަޖުމަބަލާލުމުގެ ގޮތުން ސަރުކާރުން ވިސްނަނީ 5000 އެޑްޖަސްޓަބްލް ގޮނޑި އާއި މޭޒު ގެނަސް ޕައިލެޓް ކުރަން"

IMG_4432.jpeg

"ހަރަދުކުޑަކުރަން ސަރުކާރުން ބޭނުންކަމަށް ވިދާޅުވެފައި އޭގެ ފަހަތުން މި ވިދާޅުވަނީ އަޖުމަބަލާލުމުގެ ގޮތުން ފަސްހާސް އެތައް ގޮނޑިއާއި މޭޒު ގަންނަ ވާހަކަ ނުންތޯ؟ އަޖުމަބަލަން އެނޫންގޮތެއް ނެތްތޯ؟ ފުރަތަމަ ކޮންމެސް އެއް ސްކޫލަކަށް ބޭނުންވާ އަދަދު ކަނޑައެޅިނަމަ ހަމަގައިމުވެސް ހަރަދުކުޑަވީސް ނުންތޯ؟" ބެލެނިވެރިއަކު ނުރުހުން ފާޅުކުރިއެވެ.

އަދިވެސް ގިނަ މަޝްވަރާތަކެއް ހިންގުނު މި ބައްދަލުވުމުގައި ސަރުކާރުން މިހާރުވެސް ކޮންމެ ދަރިވަރަކަށް ތިންހާސް ރުފިޔާ ހޭދަކުރާކަމަށާއި ސަރުކާރުގެ ވިސްނުމަކީ ވީހާވެސް ބޭކާރު ހަރަދުތައް ކުޑަކޮށް، ބެލެނެވެރިންގެ ޖީބަށްވެސް ލުއިކޮށް ތައުލީމީ ކަންކަން ފުރިހަމަކުރުމެވެ. އަދި އިތުރު ހަރަކާތްތައް މަދުކޮށް، ޕީޓީއޭއިން ބާއްވާ ފެސްޓިވަލްތައް ހުއްޓާލުމަށް މިނިސްޓަރު އެދި ލެއްވިއެވެ. އަދި އެފަދަ ފެސްޓިވަލްތައް ބޭއްވުމުން ވިޔަފާރިތަކަށް ގެއްލުން ވާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް ބެލެނިވެރިން ފާހަގަ ކުރެއްވި ގޮތުގައި އެފަދަ ހަރަކާތްތައް ހިންގައިގެން ފަންޑު ހޯދަނީ ސްކޫލް ތަކުގައި ހިންގާ ހަރަކާތްތަކަށް އެކަށީގެންވާ ފަންޑު ސަރުކާރުތަކުން ފޯރުކޮށް ނުދޭތީއެވެ.

ދާދިފަހުން މިއަހަރުގެ ތެރޭގައި މަޖީދިއްޔާ ސުކޫލްގެ އޭސީތައް މަރާމާތުކޮށް އިންސްޓޯލް ކުރުމަށް ބެލެނިވެރިން ޗަންދާޖަހައިގެން 1 ލައްކަ ރުފިޔާއަށްވުރެ ބޮޑު ހޭދައެއްކޮށްފައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.