59 ރަށެއްގެ ބިދޭސީންގެ މަޢުލޫމާތު އެއްކުރެވި، 6000 އަށްވުރެ ގިނަ ބިދޭސީން ފުރުވާލައިފި : ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި ރިޔާސީ ބަޔާނުގައި ވިދާޅުވި ގޮތުގައި، މިހާތަނަށް 59 ރަށެއްގައި ދިރިއުޅޭ ހުރިހާ ބިދޭސީ މަސައްކަތްތެރިންގެ މަޢުލޫމާތު ވަނީ އެއްކުރެވިފައެވެ.

އަދި އޮޕަރޭޝަން ކުރަނގި ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުން 43،294 ބިދޭސީންގެ މަޢުލޫމާތު ވަނީ އެއްކުރެވިފައެވެ.

ރައީސް މުޢިއްޒު ހާމަކުރެއްވި ގޮތުގައި، 2023 ވަނަ އަހަރުގެ ނޮވެންބަރު 17 އިން ފެށިގެން މިހާތަނަށް ޤަވާއިދާ ޚިލާފަށް އުޅުނު 6،076 ބިދޭސީން ވަނީ ފުރުވާލެވިފައެވެ. މިއީ 2018 އިން 2023 އަށް ފުރުވާލެވުނު 2،649 ބިދޭސީންނާ އަޅާބަލާއިރު ފާހަގަކުރެވޭ އިތުރުވުމެކެވެ.

މީގެއިތުރުން، 2023 ވަނަ އަހަރުގެ ނޮވެންބަރު 17 އިން ފެށިގެން 24،540 ބިދޭސީން ވަނީ ރެގިއުލަރައިޒް ކުރެވިފައެވެ. މިއީވެސް އޭގެ ކުރީގެ 5 އަހަރު ރެގިއުލަރައިޒް ކުރެވުނު 21،425 ބިދޭސީންނާ އަޅާބަލާއިރު އިތުރު އަދަދެކެވެ.

ގަވާއިދާ ޚިލާފު ބިދޭސީންނާ ގުޅޭ މައްސަލަތައް ރިޕޯޓުކުރުމަށް ތަޢާރަފުކުރެވުނު "އިމިގްރޭޝަން ވޮޗް" އަށް މިހާތަނަށް 1،297 މައްސަލަ ހުށަހެޅި، އޭގެ ތެރެއިން 11 މައްސަލަ ފިޔަވައި އެހެން ހުރިހާ މައްސަލައެއް ވަނީ ނިންމާފައެވެ.

ރައީސް މުޢިއްޒު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މަސްތުވާތަކެތި ވިއްކުމާއި ޓްރެފިކް ކުރުން ހުއްޓުވުމަށް ކަނޑު ދަތުރުފަތުރުކުރާ އުޅަނދުފަހަރުގައި "ވެސެލް ޓްރެކިންގ ޑިވައިސް" ހަރުކުރުމުގެ މަސައްކަތް މިއަހަރު ފެށޭނެއެވެ. އަދި ކޮމިއުނިޓީ ބޭސްޑް ރީހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގުމަށް ލ.ގަން، ނ.ވެލިދޫ އަދި ކ.ކާށިދޫގައި މަރުކަޒުތައް ޤާއިމުކުރުމުގެ މަސައްކަތްވެސް މިއަހަރު ފެށިގެންދާނެއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.