ހުޅުމާލެ
އެފްޑީސީ އިން ހުޅުމާލޭގައި އަޅާފައިވާ ފްލެޓްތައް ހަވާލުކުރުން ލަސްވާ މައްސަލައިގައި އެ ކުންފުނީގެ އިސްވެރިން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުމަށް އެދިވަޑައިގެންފިއެވެ.
މެންބަރު މުހައްމަދު އިބްރާހީމް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފޮނުއްވި ސިޓީގައި ވަނީ އެފްޑީސީ އިން އިމާރާތްކުރާ 4،000 ފްލެޓްގެ ތެރެއިން 744 ފްލެޓް މިހާރުވެސް ނިމިފައިވާ ކަމަށެވެ.
މި މަޝްރޫއަށް އިންޑިއާއިން ނަގާފައިވާ ލޯނަށް ކޮންމެ މަހަކު ދައުލަތުން 23.39 މިލިއަން ރުފިޔާ އަދި އެފްޑީސީގެ ރިކަރަންޓް ހަރަދަށް މަހަކު 3.2 މިލިއަން ރުފިޔާ ހޭދަވަމުންދާކަން ފާހަގަކޮށް ކުޑޫގެ ސިޓީގައި ވަނީ ނިމިފައިވާ ފްލެޓްތަކާއި ކޮމާޝަލް އޭރިއާ ދޫކޮށްގެން ކޮންމެ މަހަކު ދައުލަތަށް 10.8 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވިދާޅުވެފަ އެވެ.
ފްލެޓާއި ކޮމާޝަލް އޭރިއާއިން ލިބޭ އާމްދަނީ އިން ލޯނު އަދާކުރެވެން އޮތްއިރު ރައްޔިތުންގެ ފައިސާއިން ލޯނު ދައްކަނީ ކީއްވެތޯ އެފްޑީސީގެ އިސްވެރިންނާ ސުވާލުކުރަން ބޭނުންވާ ކަމަށް މެންބަރު މުހައްމަދު އިބްރާހީމް ވަނީ ވިދާޅުވެފަ އެވެ.
ކޮމެންޓް