ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ މޭނޭޖިންގް ޑިރެކްޓަރ މަސައްކަތުގައި
ކުރިއަށް އޮތް ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)ގެ މެނޭޖިންގ ޑިރެކްޓަރު މިއަދު ވަނީ ވެމްކޯގެ އުޅަނދުތައް މަޑުކުރުމަށް ކަނޑައަޅާފައިވާ ޕޫލިންގް ޕޮއިންޓްތަކަށް ޒިޔާރަތްކުރައްވާފައެވެ.
މި ޒިޔާރަތުގައި އެމްޑީ ވަނީ ޕޫލިންގް ޕޮއިންޓްތަކުގެ އެންމެ ފަހުގެ ތައްޔާރީތައް ބައްލަވާލައްވާ، ރަމަޟާން މަހު ކުނި އުކާލުމުގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.
ރަމަޟާން މަހަކީ ކުނި އިތުރުވާ މޫސުމަކަށްވާތީ، ވެމްކޯއިން ވަނީ މި މަހަށް ޚާއްޞަ ތައްޔާރީތަކެއް ވެފައެވެ. މީގެ ތެރޭގައި އިތުރު މުވައްޒަފުން ޑިއުޓީއަށް ނެރުމާއި، އުޅަނދުފަހަރުގެ ދަތުރުތައް އިތުރުކުރުން ހިމެނެއެވެ.
ވެމްކޯގެ ފަރާތުން މަޢުލޫމާތު ދެއްވި ގޮތުގައި، ރަމަޟާން މަހު ކުނި ނެގުމުގެ ޚިދުމަތް މެދުނުކެނޑި ފޯރުކޮށްދިނުމަށް ހުރިހާ ތައްޔާރީތަކެއް ވަނީ ވެފައެވެ. އަދި ރައްޔިތުންނަށް އެއްވެސް ދަތިކަމެއް ނުވާނެ ގޮތަށް މި ޚިދުމަތް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.
ކޮމެންޓް