ފުލުހުންގެ މައި އިދާރަ
ހުޅުމާލޭގައި މިދިޔަ ބުރާސްފަތި ދުވަހު ހިނގި އަލިފާނުގެ ހާދިސާއެއްގައި 13 އަހަރުގެ ކުޑަކުއްޖަކު ފިހުނު މައްސަލަ ފުލުހުން ތަޙުޤީޤުކުރަން ފަށައިފިއެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މަޢުލޫމާތުގައިވާ ގޮތުން، 13 އަހަރުގެ ފިރިހެން ކުއްޖަކު ފިހިގެން ފަރުވާދެމުންދާ ކަމުގެ މަޢުލޫމާތު ލިބުމާ ގުޅިގެން، އެ މައްސަލައިގެ ތަފްސީލު ހޯދައި، ހާދިސާ ހިނގި ރޭ އެ މައްސަލައިގެ ތަޙުޤީޤު ފަށާފައިވެއެވެ. މި ވަގުތު އެ ކުއްޖާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ. އަދި މި ހާދިސާ ހިނގާފައިވާ ގޮތުގެ ތަފްސީލު ދެނެގަތުމަށް ތަޙުޤީޤުގެ ތެރެއިން މަސައްކަތްކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
މި ހާދިސާއާ ގުޅޭގޮތުން އެމްއެންޑީއެފުން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، ހުޅުމާލޭގައި އެ ރޭ އަލިފާނުގެ ހާދިސާއެއް ހިނގިކަމުގެ ރިޕޯޓެއް އެ އިދާރާއަށް ލިބިފައެއް ނުވެއެވެ.
ކޮމެންޓް