އަޙްމަދު ޝަރީފް ޢަބްދުއްރަޙްމާން ޔޫސުފް
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް އަލްފާޟިލް އަޙްމަދު ޝަރީފް ޢަބްދުއްރަޙްމާން ޔޫސުފް ޢައްޔަން ކުރައްވައިފިއެވެ.
އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑުން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، އަލްފާޟިލް އަޙްމަދު ޝަރީފްގެ ލީޑަރޝިޕް އަދި ސްޓްރެޓެޖިކް ވިޝަންގެ ސަބަބުން ކުންފުނި އިތުރު ކުރިއެރުންތަކަކަށް ގެންދެވޭނެ ކަމުގެ ޔަޤީންކަން އޮތް ކަމަށެވެ.
އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑާއި މެނޭޖްމަންޓް ޓީމުން އާ ޑެޕިއުޓީ އެމްޑީއަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައިވެއެވެ. އަދި އޭނާގެ ލީޑަރޝިޕްގެ ދަށުން ކުންފުނި އިތުރު ކާމިޔާބީތަކަކަށް ވާސިލްވާނެ ކަމުގެ އުއްމީދު ފާޅުކުރައްވާފައިވެއެވެ.
އެމްޓީސީސީއަކީ ރާއްޖޭގެ އެންމެ ބޮޑެތި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ކުންފުންޏެކެވެ. މި ކުންފުނިން ދަނީ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކާއި، ދަތުރުފަތުރުގެ ޚިދުމަތްތައް ފޯރުކޮށްދެމުންނެވެ.
ކޮމެންޓް