މާލެ ސިޓީ ކައުންސިލް މޭޔަރ އަދި ޑެޕިއުޓީ މޭޔަރ
މާލޭ ސިޓީ ކައުންސިލްގެ ދަތިތަކާ ގުޅޭގޮތުން އެލްޖީއޭގެ އިސްވެރިންނާއެކު މިއަދު މަޝްވަރާކޮށްފިއެވެ.
މާލޭ ސިޓީ ކައުންސިލް ހިންގުމުގައި ދިމާވެފައިވާ ދަތިތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް މޭޔަރ އާދަމް ޢާޒިމް އަދި ޑެޕިއުޓީ މޭޔަރ އަހުމަދު ނަރީޝް، ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ސީއީއޯ މުހައްމަދު ނިމާލް އަދި އެ އޮތޯރިޓީގެ އިސްވެރިންނާ ބައްދަލުކޮށްފިއެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވިފައިވަނީ ސިޓީ ކައުންސިލްގެ މާލީ ކަންކަން ބެލެހެއްޓުމަށް މިހާރު ބޭނުންކުރަމުންދާ އެކައުންޓިންގ ސޮފްޓްވެއަރއާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކާ ބެހޭގޮތުންނެވެ. އަދި މި ދަތިތަކަށް ހައްލު ހޯދުމަށް އެލްޖީއޭ އާއި ސިޓީ ކައުންސިލް ގުޅިގެން މަސައްކަތްކުރުމަށް ވަނީ އެއްބަސްވެފައެވެ.
މީގެއިތުރުން، ކުރިއަށް އޮތް ރަމަޟާން މަހާ ގުޅިގެން މާލޭ ސިޓީގައި ރޯދަ ހަދިޔާ ދޫކުރުމާ ގުޅޭ މަޝްވަރާތަކެއްވެސް މިފްކޯ،އެސްޓީއޯ އަދި މިނިސްޓްރީ އޮފް ސިޓީ ލޯކަލް ގަވަރމެންޓް ޕަބްލިކް ވޯކް އާއެކު ކުރިއަށް ގެންގޮސްފައިވެއެވެ.
ސިޓީ ކައުންސިލްތަކުގެ ހިންގުން ހަރުދަނާކޮށް، ދިމާވާ ދަތިތަކަށް އަވަސް ހައްލު ހޯދުމަކީ އެލްޖީއޭގެ އަމާޒުތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަން މި ބައްދަލުވުމުގައި ފާހަގަކުރެވުނެވެ.
ކޮމެންޓް