ކޯރާޑިން ހަމަލާދިން 2 މީހުން
ހުޅުމާލޭގައި މީހަކަށް ކޯރާޑިއަކުން ހަމަލާދިން މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.
މި މައްސަލަގައި ހައްޔަރުކުރީ ގދ. ފިޔޯރީ، ހީނާމާގެ ރުސްތުމް އިބްރާހީމް (25އ) އަދި ބ. ގޮއިދޫ، ފިނިފެންމާގެ، ސައިފްﷲ ފައިސަލް (19އ) އެވެ. ފުލުހުން މިއަދު ބުނެފައިވަނީ އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ރުސްތުމްގެ ބަންދަށް ތިން ދުވަސްދީފައިވާ ކަމަށާއި ތަހުގީގާއި ޝަރީއަތް ނިމެންދެން ސައިފުﷲ ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
އެ މީހުންނަށް ތުހުމަތު ކުރަނީ ހުޅުމާލެ، ބޯގަންވިލާ މަގު، ރެހެންދި ޓާފް ދަނޑު ހުޅަނގު ފަޅީގައި މަޑުކޮށްގެން ހުރި މީހަކަށް މިމަހުގެ 8 ވަނަ ދުވަހުގެ ރޭ ހަމަލާދިން މައްސަލައިގަ އެވެ. "މި މާރާމާރީގައި ހަމަލާދީފައިވަނީ ކޯރާޑިއަކުން ކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވޭ،" ފުލުހުން ބުނެފައިވެ އެވެ.
މި މާރާމާރީ ހިންގިކަމަށް ތުހުމަތު ކުރެވޭ ދެ މީހުން ހައްޔަރުކުރީ ފިލައިގެން ހައިވޭ އިން މާލެއަށް ދަނިކޮށެވެ.
ކޮމެންޓް