މޭޔަރ އާދަމް އާޒިމް އެ ސަރަހަށްދު ރައްޔިރުންނާ ވާހަކަ ދައްކަވަނީ
ރޯޝަނީމަގުގެ ޖަންކްޝަން ބެދުމުގެ މައްސަލައަކީ ވަރަށްދުވަސް ވެފައިވާ މަށްސަލައެކެވެ.
ރޯޝަނީމަގުގެ ޕޭވްމަންޓް މަތީގައި ހުރި ޖަންކްޝަނަކަށް ކައްކާފައި ބާކީ ހުންނަ ތެލާއި އެހެނިހެން ތަކެތި އެޅުމުގެ ސަބަބުން ދިމާވެފައިވާ މައްސަލައަށް ހައްލު ހޯދުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ކުރަމުންދާ ކަމަށް އެ ކައުންސިލުން މިއަދު ހާމަކޮށްފިއެވެ.
މި މައްސަލައަކީ ކުރިން ވެސް ދިމާވެ، ހައްލުކުރެވިފައިވާ މައްސަލައެއް ކަމަށް ކައުންސިލުން ބުނެފައިވެއެވެ. ނަމަވެސް އަލުން މި މައްސަލަ ދިމާވެފައިވާތީ، އެކަމަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ކައުންސިލުން މަޢުލޫމާތު ދީފައިވެއެވެ.
މީގެއިތުރުން، ހ. އަމީރު އަހުމަދު މަގުގައި ހުރި މަރާމާތުކުރަންޖެހޭ ސަރަހައްދުތަކާ ގުޅޭގޮތުން މާލެ ސިޓީ މޭޔަރ އާދަމް އާޒިމް މަޝްވަރާކުރައްވައި، އެ ސަރަހައްދުތައް އަމިއްލަފުޅަށް ބައްލަވާލައްވާފައިވެއެވެ.
މާލޭގެ މަގުތަކުގެ ޖަންކްޝަންތަކަށް ކައްކާފައި ބާކީވާ ތެޔޮ އެޅުމަކީ ތިމާވެށްޓަށާއި، އާންމު ސިއްހަތަށް ގެއްލުންހުރި ކަމެއްކަމަށް ކައުންސިލުން ފާހަގަކޮށް، މިފަދަ ޢަމަލުތައް ނުކުރުމަށް އާންމުންނަށް އިލްތިމާސްކޮށްފައިވެއެވެ.
ކޮމެންޓް