ހުކުރު ދުވަހުގެ ހަވީރު 4 އިން 6 އަށް މާލޭގައި ވެހިކަލް ދުއްވުން މަނާ

އެމް.އެން.ސީ.ސީ ޕެރޭޑް ޕްރެކްޓިސްގައި

ޕެރޭޑް ބާއްވަން ކުރިން ނިންމާފައި އޮތީ މިދިޔަ ހުކުރު ދުވަހު ފާހަގަކުރި މިނިވަން ދުވަހުގެ ހަވީރު

ރާއްޖޭގެ 59 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އަންނަ ހުކުރު ދުވަހުގެ ހަވީރު މާލޭގައި ޕެރޭޑު ބާއްވަން ނިންމާފައި ވާތީ އެ ދުވަހުގެ ހަވީރު 4 އިން 6 އަކަށް ވެހިކަލް ދުއްވުން މަނާކޮށްފިއެވެ.

މާލޭ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ، ގައުމީ ކެޑޭޓް ކޯ އާއި އެމްއެންޑީއެފުން އެއް ވަގުތެއްގައި މާލޭގެ ބޮޑެތި މަގުތަކުގައި ހިނގާލުމެއް ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ ހިނގާލުން ބާއްވާ ވަގުތު މާލޭގެ ޓްރެފިކް ފްލޯ މެނޭޖް ކުރުމަށް ދަތިވާނެތީ، ހުކުރު ދުވަހުގެ ހަވީރުގެ އެ ގަޑީގައި މާލޭގައި އެއްގަމު އުޅަނދު ދުއްވުން މަނާވާނެ ކަމަށް ކައުންސިލުން ބުންޏެވެ.

އެ ޕެރޭޑް ބާއްވަން ކުރިން ނިންމާފައި އޮތީ މިދިޔަ ހުކުރު ދުވަހު ފާހަގަކުރި މިނިވަން ދުވަހުގެ ހަވީރެވެ. އެކަމަކު، މޫސުން ގޯވުމުން އެ ހަރަކާތް އަންނަ ހުކުރު ދުވަހަށް ފަސްކުރީ އެވެ. އެހެންވެ، މިދިޔަ ހުކުރު ދުވަހުގެ ހަވީރު ވެސް އިންޖީނުލީ އުޅަނދު މާލެ އާއި ހުޅުމާލޭގައި ދުއްވުން މަނާކުރި އެވެ. އެކަމަކު، އެ ދުވަހު ބާއްވަން އުޅުނު ޕެރޭޑް ފަސްކުރުމާ އެކު، އިންޖީނުލީ އުޅަނދު ދުއްވުން މަނާކުރި ކުރުން ކެންސަލްކުރިއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.