ފްރުޓް ޓްރީ އެޕަލް
ރޯވެ ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު މި ހާދިސާގައި އްލުންވި 22 ފަރާތަކަށް ވަގުތީ ބޯހިޔާވަހިކަން ދީފައިވާކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓު އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.
އެންޑީއެމްއޭ އިން ބުނީ މި ހާދިސާ އާއި ގުޅިގެން އެ އޮތޯރިތީގެ ޓީމުން އެ ސަރަހައްދުގައި ހަރަކާތްތެރިވެ އިންސާނީ އެހީ ފޯރުކޮށްދެންޖެ ގޭބީސީއެއް ހުރިތޯ ކަށަވަރު ކުރުމުގެ މަސައްކަތް ކުރަމުން ދާކަމަށާއި އެގޮތުން ވަގުތީ ބޯހިޔާވަހިކަން ބޭނުންވާ 10 ގޭބީސީއެއްގެ 33 ފަރާތެއް ފާހަގަކުރެވިފައިވާ ކަމަށެވެ.
އެއާއެކު އެންޑީއެމްއޭ އިން ބުނީ މިވަގުތު 5 ގޭބިސީއެއްގެ 14 ދިވެހިން އަދި 8 ބިދޭސީންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިން ހަމަޖައްސައިދީފައިވާކަމަށާއި ބިދޭސީ 1 އާއިލާ އަމިއްލަ ވަގުތީ ބޯހިޔާވަހިކަމަށް ބަދަލުވެފައިވާ ކަމަށެވެ. އަދި 11 ބިދޭސީއަކަށް އެ މީހުން ނިސްބަތްވާ ކުންފުނި ތަކުން އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށްވެސް އެންޑީއެމްއޭ އިން ވަނީ ބުނެފައެވެ.
ކޮމެންޓް