ފުލުސް އޮފީހުން ނުކުމެފަ މީޑިޔާތަކަށް ވާހަކަ ދައްކަނީ
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ފުލުހުންގެ އިދާރާއަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތަހުގީގުތައް ހިނގަމުންދާ ގޮތުގެ އަޕްޑޭޓެއް ހޯދުމަށް މިއަދު އެ އިދާރާއަށް ޒިޔާރަތްކޮށްފިއެވެ.
އެމްޑީޕީން ވަނީ ރައްޔިތުންގެ ޒާތީ މަޢުލޫމާތު ހުއްދަނެތި ނެގުމާ ގުޅޭ ގިނަ މައްސަލަތަކެއް ތަހުގީގު ކޮށްދިނުމަށް އެދި ފުލުހުންގެ އިދާރާއަށް ހުށަހަޅާފައެވެ. މި މައްސަލަތަކުގެ ތެރޭގައި ރައްޔިތުންގެ އަމިއްލަ މަޢުލޫމާތު ވަގަށް ނެގުމާއި، އެ މަޢުލޫމާތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ މައްސަލަތައް ހިމެނެއެވެ.
ފުލުހުންގެ އިދާރާއަށް ޒިޔާރަތްކުރުމަށްފަހު ނޫސްވެރިންނާ ބައްދަލުކޮށް މަޢުލޫމާތު ހިއްސާކުރެވުނެވެ. މި މައްސަލަތަކަކީ ރައްޔިތުންގެ އަސާސީ ހައްގުތަކާ ގުޅުންހުރި މުހިންމު މައްސަލަތަކެއް ކަމަށް އެމްޑީޕީން ފާހަގަކުރިއެވެ.
އަމިއްލަ މަޢުލޫމާތުގެ ރައްކާތެރިކަމަކީ ކޮންމެ ރައްޔިތަކަށްވެސް ލިބިގެންވާ އަސާސީ ހައްގެއްކަމަށާއި، މި މައްސަލަތައް އަވަހަށް ތަހުގީގުކޮށް، ކަމާގުޅޭ ފިޔަވަޅުތައް އެޅުމަކީ މުހިންމުކަމެއް ކަމުގައި އެމްޑީޕީން ދެކޭކަން ފާހަގަކޮށްފައިވެއެވެ.
ކޮމެންޓް