ޙާރިޖީ ވަޒީރު އިންޑިއާގެ އައު ސަފީރާ ބައްދަލުކުރައްވައިފި

ދިވެހިރާއްޖެއަށް އިންޑިއާ ސަރުކާރުން ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރު ޖީ. ބަލަސުބްރަމަނިއަމް އަދި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލާ

މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު ޑރ.ޚަލީލް ވަނީ ހައިކޮމިޝަނަރުގެ ސަނަދު ރައީސް ޑރ.މުހައްމަދު މުއިއްޒަށް ދެއްވުމުން ތަހުނިޔާ ވިދާޅުވެފައެވެ.

މި ބައްދަލުވުމުގައި މޯލްޑިވްސް-އިންޑިއާ ޕާޓްނަޝިޕްގައި ހެޔޮ ދުވެލި ކުރިއެރުވުމާ ގުޅޭގޮތުން ޚިޔާލު ބަދަލުކުރައްވާފައެވެ.

ދިވެހިރާއްޖެއަށް އިންޑިއާ ސަރުކާރުން ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރު ޖީ. ބަލަސުބްރަމަނިއަމް، މިއަދު ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމުގެ މަޝްވަރާތައް ކުރިއަށް ގެންދެވިއެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮތް ވަރުގަދަ ގުޅުން އިތުރަށް ފުޅާކުރެވިދާނެ ދާއިރާތަކާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ.

ދިވެހިރާއްޖެއާއި އިންޑިއާއަކީ އެކި ދާއިރާތަކުން ގާތް ގުޅުމެއް އޮންނަ ދެ ގައުމެވެ. ވޭތުވެދިޔަ އަހަރުތަކުގައި ދެ ގައުމުގެ ދެމެދުގައި އިގްތިސާދީ އަދި ވިޔަފާރީގެ ގުޅުން ވަނީ އިތުރަށް ހަރުދަނާވެފައެވެ.

އިންޑިއާއަކީ ދިވެހިރާއްޖޭގެ އެންމެ މުހިންމު ވިޔަފާރި ބައިވެރިންގެ ތެރެއިން އެއް ގައުމެވެ. އަދި ތަރައްގީގެ މަޝްރޫއުތަކުގައި އިންޑިއާއިން ދިވެހިރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ގައުމެކެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.