ޗޭންޖް ދަ ގޭމް ފޯރަމްގައި މިނިސްޓަރ ރާފިޢު
ހަމަހަމަ ގޮތެއްގައި ކުޅިވަރު ތަރައްގީ ކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން ހިޔާލު ބަދަލުކުރެވުނު
"ޗޭންޖް ދަ ގޭމް" މިނިސްޓީރިއަލް ފޯރަމްގައި ކުޅިވަރާއި ހަށިހެޔޮކަމާ ބަހޭ ވަޒީރު، ޢަބްދުﷲ ރާފިޢު ބައިވެރިވެވަޑައިގަންނަވައިފިއެވެ.
ކުޅިވަރުގެ އެކި ދާއިރާތަކުގެ މާހިރުންނާއިއެކު އޮތް މި ބައްދަލުވުމުގައި ގިނަ ގައުމުތަކެއްގެ މަންދޫބުން ބައިވެރިވިއެވެ.
2024ގެ ޕެރިސް އޮލިމްޕިކްސްގެ ހަވާސާގައި އޮތް މި ބައްދަލުވުމުގައި ހަމަހަމަ ގޮތެއްގައި ކުޅިވަރު ތަރައްގީ ކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން ހިޔާލު ބަދަލުކުރެވުނެވެ.
ޔުނެސްކޯއިން އިސްނަގައިގެން ކުރިއަށްގެންދާ މި ފޯރަމްގެ ސަބަބުން ކުޅިވަރުގެ ދެމެހެއްޓިނިވި ތަރައްގީއަށް ބޮޑު އަސަރެއްކުރާނެކަމަށް މި ފޯރަމް އިންތިޒާމްކުރާ ފަރާތުން ގަބޫލުކުރެއެވެ.
ކޮމެންޓް