އަލިފާންގަނޑު އިކޯ ގާޑަންއާ ހަމައަށް ނުފެތުރެނީސް ކޮންޓްރޯލް ކުރެވިއްޖެ

އައްޑޫ މީދޫ އަދި ހުޅުދޫ ޗަސްބިމުގައި ރޯވި އަލިފާންގަނ

އައްޑޫ ސިޓީގެ މީދޫގެ ޗަސްބިމުގައި ރޯވި އަލިފާންގަނޑު ފެތުރެމުން އައިސް މަތިކިޅި އިކޯ ގާޑެންއާ ހަމައަށް އަލިފާންގަނޑު ނުފެތުރެނީސް އަލިފާންގަނޑު ކޮންޓްރޯލް ކޮށްފިއެވެ.

އެ ރަށު މީހަކު ބުނެފައިވަނީ މި އަލިފާންގަނޑު ރޯވި ކަން އެނގުނީ މެންދުރު ވަނިކޮށް ކަމަށެވެ. އަލިފާންގަނޑު ނިއްވާލުމަށް އެމްއެންޑީއެފް އިން އެ ސަރަހައްދުގައި މަސައްކަތް ކުރަމުން އަންނަ ކަމަށާއި އަދިވެސް އެކީ އަލިފާންގަނޑު ކޮންޓްރޯލް ނުވާ ކަމަށް އެ ފަރާތުން މައުލޫމާތު ދެއެވެ.

އެ ސަރަހައްދުގައި ރޯވި އަލިފާނުގެ ދުންގަނޑު ވަރަށް ބޮޑު ސަރަހައްދަކަށް ފެތުރިފައިވާ ކަަމަށް ވެސް އެފަރާތުން ބުނެއެވެ. މުޅި ސަރަހައްދުން ވަނީ ދުމުން ފުރިފައި ކަމަށާއި އަލިފާން ރޯވިތާ މިހާރު 10 ގަޑިއިރު ވެއްޖެ ކަމަށް ވެސް އެފަރާތުން ބުނެއެވެ.

އައްޑޫ ސިޓީ ކައުންސިލްގެ، މީދޫ ދާއިރާގެ ކައުންސިލަރު އާމިނަތު ސޯލިހާ 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެތަނުގައި އަލިފާން ރޯވެގެން ރިޕޯޓް ކުރީ މިއަދު ހެނދުނު 11:45 ގައި ކަމަށެވެ. އަލިފާން ނިއްވާލުމަށް އެމްއެންޑީއެފް އާއި ފުލުހުން ހަރަކާތްތެރިވެފައިވާ އިރު، އިކޯ ގާޑަން ހިމާޔަތް ކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރި ކަމަށް ވެސް ސޯލިހާ ވިދާޅުވިއެވެ.

އެގޮތުން ވަށައިގެން އަލިފާންގަނޑު ފެތުރެމުން އައި ނަމަވެސް އިކޯ ގާޑަންގައި ރޯ ނުވަނީ އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނު ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެތަނަށް އެއްވެސް ގެއްލުމެއް ނުވާ ކަމަށް ވެސް ސޯލިހާ ފާހަގަ ކުރެއްވިއެވެ.

މީގެ ކުރިންވެސް ވަރަށް ގިނައިން މި ސަރަހައްދުގައި އަލިފާން ރޯވެފައިވާ އިރު، މިހާރު މި ޗަސްބިމަކީ އައްޑޫ ސިޓީ ހުޅުދޫ އަދި މީދޫއަށް ޒިޔާރަތްކުރާ މީހުންގެ މެދުގައި ބޮޑު މަގުބޫ ލުކަމެއް ހޯދާފައިވާ މަތިކިޅި އިކޯ ގާޑަން އޮންނަ ސަރަހައްދެވެ. އިކޯ ގާޑަން އަކީ މަތިކިޅި ބަލައިލަން ދާ މީހުންނަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ކުޑަ ޕާކެކެެވެ.

އައްޑޫ ސިޓި ހުޅުދޫ އަދި މީދޫގެ ޗަސްބިމަކީ އެއް ސަރަހައްދެއްގެ ގޮތުގައި ވަރަށް ބޮޑު ބަޔަކަށް ފެތުރިފައިވާ ތަނަކަށްވާ އިރު، ބައެއް ފަހަރު އަލިފާންގަނޑު ކޮންޓްރޯލްކުރުމަށް ދަތިތަކާ ކުރިމަތިވެއެވެ. މީގެ ކުރިން ވެސް މި ޗަބިމުގައި އަލިފާން ރޯވެފައިވާ އިރު އެ ސަރަހައްދުގައި ދަނޑުވެރިކަން ކުރާ ފަރާތްތަކުން ދަނޑުގައި ރޯކޮށްލާފައި ދިއުމުން އެފަދަ ހާދިސާތައް ހިނގާފައި އެބަހުއްޓެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.