ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި މިއަދު ހާއްސަ ޖަލްސާއެއް ބާއްވައިފި

ރައްޔިތުންގެ މަޖިލީސް

ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި މިއަދު ހާއްސަ ޖަލްސާއެއް ބާއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި މިއަދު ބޭއްވުނު ހާއްސަ ޖަލްސާގައި، އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މެންބަރުން އައްޔަންކުރުމާއި، ހިއުމަން ރައިޓްސް ކޮމިޝަންގެ ނައިބު ރައީސް އައްޔަންކުރުމުގެ މައްސަލަތަކާއި، އަދި ވަޒީރުންގެ މަޖިލީހަށް އައްޔަންކުރެއްވި 4 ބޭފުޅުންގެ ނަންފުޅުތައް ދިރާސާކުރުމަށް ކޮމިޓީތަކަށް ފޮނުވުމަށް ވަނީ ނިންމާފައެވެ.

މި ޖަލްސާގައި ބެލި މައްސަލަތަކުގެ ތެރޭގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 199 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މެންބަރުން އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވި މައްސަލަ ހިމެނެއެވެ. މި މައްސަލައަކީ ޤާނޫނު ނަންބަރު 13/2008 (އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ނ) ގެ ދަށުން ހުށަހެޅިފައިވާ މައްސަލައެކެވެ.

އަދި ހަމައެހެންމެ، ޤާނޫނު ނަންބަރު 6/2006 (ހިއުމަން ރައިޓްސް ކޮމިޝަންގެ ޤާނޫނު) ގެ 8 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ހިއުމަން ރައިޓްސް ކޮމިޝަންގެ ނައިބު ރައީސް އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ވަނީ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް ފޮނުވާފައެވެ.

މީގެއިތުރުން، ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ހ) ގެ ދަށުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާފައިވާ 4 ބޭފުޅުންގެ ނަންފުޅު، އެ މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށްޓަކައި ހުށަހެޅިފައިވާ މައްސަލަ ވަނީ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވާފައެވެ.

މި މައްސަލަތައް ކަމާބެހޭ ކޮމިޓީތަކުން ދިރާސާކުރުމަށްފަހު، އެ ކޮމިޓީތަކުގެ ރިޕޯޓު މަޖިލީހަށް ހުށަހަޅައި، މަޖިލީހުން ގޮތެއް ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.