ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަފޫ ކުޑަފަރީގެ ރައްޔިތުންނާ ބައްދަލުކުރައްވައިފި

ނ.ކެނދިކުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު އަފޫ ޙާމިދު

ނ.ކެނދިކުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު އަފޫ ޙާމިދު، އެ ދާއިރާގެ ރަށްތަކުގެ ސްޓިއަރިންގ ކޮމެޓީތަކުގެ މެންބަރުންނާއި މަޝްވަރާކުރެއްވުމަށާއި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު ނ. ކުޑަފަރިއަށް ވަޑައިގެންފިއެވެ.

މި ދަތުރުފުޅުގައި ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙް އަދި ކޮޅުމާފުށި ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޒް (ޑީޑީ) ވެސް ބައިވެރިވެ ވަޑައިގަންނަވައެވެ.

މި ދަތުރުފުޅުގެ މަޤްޞަދަކީ ދާއިރާގެ ރަށްތަކުގެ ރައްޔިތުންނާ ގާތުން ބައްދަލުކޮށް، އެ ރަށްރަށުގެ ތަރައްޤީއާ ގުޅޭ ކަންކަމުގައި ރައްޔިތުންގެ ޚިޔާލު ހޯއްދެވުމާއި، ސްޓިއަރިންގ ކޮމެޓީތަކުގެ މެންބަރުންނާއެކު މަޝްވަރާކުރެއްވުމެވެ.

IMG_3949.jpeg

މި ބައްދަލުވުންތަކުގައި ރަށުގެ ތަރައްޤީއާއި ގުޅޭ މުހިންމު މަޝްރޫޢުތަކާ ގުޅޭގޮތުން މަޝްވަރާކުރެވި، ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޚިޔާލުތައް ހިއްސާކުރެވޭނެ ކަމަށް ބެލެވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މިފަދަ ދަތުރުތައް ކުރެއްވުމަކީ ރައްޔިތުންނާ ގާތުން މަސައްކަތްކުރެއްވުމަށާއި، ރައްޔިތުންގެ އަޑު އެއްސެވުމަށް ކުރައްވާ މަސައްކަތްތަކުގެ ތެރެއިން ކަމެކެވެ.

IMG_3946.jpeg

ނ. ކުޑަފަރީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ހުސްވެފައިވާ ގޮނޑިއަށް ޕީއެންސީގެ ފަރާތުން ކުރިމަތިލައްވައި ކާމިޔާބު ހޯއްދެވި އާއިޝަތު ޝަފާޒާއަށް ނ. ކެނދިކުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު އަފޫ ހާމިދު ވަނީ މަރުހަބާ ދަންނަވާފައެވެ.

މެންބަރު އަފޫ މިކަން ފާހަގަކުރެއްވީ އިޖުތިމާއީ މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. އެގޮތުން އޭނާ ވަނީ ކުޑަފަރީ މަލަ އެޑްރެހުގެ އާއިޝަތު ޝަފާޒާއަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަކީ ރަށު ފެންވަރުގައި އަންހެނުންގެ ހައްގުތައް ރައްކާތެރިކޮށް، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރުމަށް އެކުލަވާލެވިފައިވާ ކޮމެޓީތަކެކެވެ.

މި ކޮމެޓީތަކުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި އަންހެނުންނަށް އާމްދަނީ ލިބޭނެ މަގުތައް ތަނަވަސްކޮށްދިނުމާއި، އަންހެނުންގެ ހުނަރުވެރިކަން އިތުރުކުރުމަށް މަސައްކަތްކުރުން ހިމެނެއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.