އަތުހަރު
އެ މައްސަލައިގެ ތަހުގީގު ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން މިހާރު ވަނީ ފަށާފަ
މާލޭގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވަޅިން ބިރު ދައްކައި އަންހެނަކު ރަހީނުކުރި މައްސަލައިގައި ފުލުހުން ހައްޔަރުކުރި އާދަމް އަތުހަރު ޖަލުގައި ދަންޖެހުމުން ހާލު ދެރަވެ ފަރުވާ ދެމުން ދަނިކޮށް މިއަދު މަރުވެއްޖެ އެވެ.
ފުލުހުންގެ ހިދުމަތުން ނެރުނު ބަޔާނެއްގައި ބުނީ އަންހެން ކުއްޖަކު ރަހީނުކުރި މައްސަލައިގައި ދޫނިދޫގައި ހައްޔަރު ކޮށްފައި ހުއްޓާ ދަންޖެހުނު އާދަމް އަތުހަރަށް ފަރުވާ ދެމުންދަނިކޮށް މަރުވެފައިވާ ކަމަށެވެ. އަދި އެ މައްސަލައިގެ ތަހުގީގު ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން މިހާރު ވަނީ ފަށާފައެވެ.
އަތުހަރު މަރުވީ މިއަދު ހަވީރު 16:08 ގައި ވެންޓިލޭޓަރުގައި ފަރުވާ ދެމުންދަނިކޮށް ކަމަށް ފުލުހުން ބުނެއެވެ. އައިޖީއެމްއެޗުން ވެސް މިހާރު ވަނީ އަތުހަރު މަރުވެފައިވާކަން ކަށަވަރު ކޮށްދީފައެވެ.
ކަރުގައި ވަޅި ޖައްސައިގެން ހުރެ ލޯބިވެރިޔާ ސައިކަލަށް އަރުވައި، އަތުހަރު އޭގެ ފަހަތުގައި އިނދެގެން ދަނިކޮށް ސަލާމަތްކުރީ ފުލުހުން އަތުހަރުގެ ބޮލުގައި މުގުރުން ޖަހައި ވައްޓާލައިގެންނެވެ. އޭނާ ޖަލަށް ގެންދިޔައީ ހައްޔަރުކުރަން އުޅުމުގެ ތެރޭގައި ލިބުނު އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލާއި އައިޖީއެޗްގައި ފަރުވާ ދިނުމަށް ފަހުގަ އެވެ. ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި އަތުހަރުގެ ޓެސްޓުތަކުގެ ނަތީޖާއިން ސީރިއަސް މައްސަލައެއް ފާހަގައެއް ނުވެ އެވެ.
ކޮމެންޓް