ގެއްލިގެން ހޯދަމުންދާ ފަރާތް
ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ 2024 އޮގަސްޓް 14 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގަ
ހުޅުމާލެއިން ބިދޭސީއަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ހޯދަމުންދަނީ އިންޑިއާ ރައްޔިތެއްކަމަށްވާ އައިޑީ މޮހަމެޑް ސެޚް (32އ) އެވެ.
މޮހަމެޑް ސެޙް ވީނުވީއެއް ނޭގި ގެއްލިފައިވާކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ 2024 އޮގަސްޓް 14 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ.
މޮހަމެޑް ސެޚް އާ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަންގެ ނަންބަރު 998006 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން 3322111އަށް ގުޅުއްވައި ހިއްސާކުރެއްވުން ފުލުހުންގެ ޚިދުމަތުން ވަނީ އެދިވަޑައިގެންފައެވެ.
ކޮމެންޓް