މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއިން ދިރާސާކުރަނީ

ރައްޔިތުންގެ މަޖިލީހުގައި

މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއިން ދިރާސާކުރަނީއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި އައްޔަންކުރައްވާފައިވާ 4 ވަޒީރުންނަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ މައްސަލަ، މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ދިރާސާކުރަން ފަށައިފިއެވެ.

މި މައްސަލައަކީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ދަށުން، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި އައްޔަންކުރެވޭ ފަރާތްތަކަށް މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހަޅަންޖެހޭ މައްސަލައެކެވެ.

ކޮމިޓީން މި މައްސަލަ ދިރާސާކުރުމުގައި، އައްޔަންކުރެވިފައިވާ ވަޒީރުންގެ ތަޢުލީމީ ފެންވަރާއި، މަސައްކަތުގެ ތަޖުރިބާއާއި، އަދި އެ ބޭފުޅުންގެ މައްޗަށް ޖިނާއީ އެއްވެސް ދަޢުވާއެއް އުފުލިފައިވޭތޯ ބަލާ ދިރާސާކުރެވޭނެއެވެ.

މީގެއިތުރުން، ވަޒީރުކަމުގެ މަޤާމަށް ޤާނޫނުއަސާސީން ކަނޑައަޅާފައިވާ ޝަރުތުތައް އެ ބޭފުޅުންގެ ކިބައިގައި ފުރިހަމަވޭތޯވެސް ކޮމިޓީން ބަލާ ދިރާސާކުރާނެއެވެ. އަދި މި ދިރާސާތަކަށްފަހު، ކޮމިޓީގެ ނިންމުން މަޖިލީހުގެ ތަޅުމަށް ހުށަހެޅޭނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން، ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ނިންމުމަށް 14 ދުވަހުގެ މުއްދަތެއް ދެވިފައިވެއެވެ. އަދި މި މުއްދަތުގެ ތެރޭގައި މަޖިލީހުން ގޮތެއް ނިންމަންޖެހެއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.