އިތުބާރު ހޯދަން ކޮރަޕްޝަން ނައްތާލަންޖެހޭ: ނައިބް ރައީސް

ނައިބް ރައީސް ހުސައިން މުހައްމަދު ލަތީފް

އިންވެސްޓަރުންގެ އިތުބާރު ހޯދުމަށްޓަކައި ކޮރަޕްޝަނަށް ހުޅުވިފައި ދޮރުތައް ނައްތާލަންޖެހޭ ކަމަށް ނައިބް ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

ނައިބް ރައީސް މިހެން ވިދާޅުވީ އޯއައިސީގެ ގައުމުތަކަށް އަމާޒުކޮށްގެން ވިލާ ނޯޓިކާގައި މިއަދު ކުރިއަށް ގެންދާ "ސައުދީ-މޯލްޑިވްސް އިންޓަނޭޝަނަލް ފޯރަމް އޮން އިންޓެގްރިޓީ" ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ނައިބް ރައީސް ވިދާޅުވީ ރާއްޖޭގެ އިގްތިސާދުގައި އެންމެ މުހިއްމު ދައުރެއް އަދާކުރަނީ ފަތުރުވެރިކަން ކަމަށްވާތީ ބޭރުގެ އިންވެސްޓަރުން ރާއްޖެއަށް އެންމެ ގިނައިން އަންނަނީވެސް އެ ދާއިރާގެ ވިޔަފާރިތަކަށް ކަމަށެވެ. އެހެންވެ އެ ދާއިރާއަށް އިންވެސްޓަރުންގެ އިތުބާރު ބޮޑުކުރުމަށްޓަކައި ކޮރަޕްޝަން ނައްތާލުމަށް އިތުބާރު ހުރި މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.

"ކޮރަޕްޝަން ނައްތާލުމަށް ކުރަންޖެހޭ މަސައްކަތްތަކުގައި ނަތީޖާ ނެރެވޭނީ ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ ބައިވެރިވުމާ އެކު،" ނައިބް ރައީސް ވިދާޅުވި އެވެ.

މި ފޯރަމްގައި ވަނީ ސައުދީ އަރަބިއްޔާ އެންޓި ކޮރަޕްޝަން އޮތޯރިޓީ އިން ވަނީ ރާއްޖޭގެ ނައިބް ރައީސަށް ޓޯކަން އޮފް އެޕްރިސިއޭޝަނެއް އަރުވާފަ އެވެ. މި ފޯރަމްގައި 170 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވެ އެވެ.

ރާއްޖޭގެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ސައުދީ އަރަބިއްޔާގެ އޯވަސައިޓް އެންޑް އެންޓި ކޮރަޕްޝަން އޮތޯރިޓީ (ނަޒާހާ) ގުޅިގެން ބާއްވާ މި ފޯރަމަކީ ދެ ދުވަހު މުއްދަތަކަށް ކުރިއަށް ގެންދާ ފޯރަމެކެވެ.

ބައިނަލްއަގްވާމީ އިދާރާތަކާއި ރާއްޖޭގެ މުއައްސަސާތައް ގުޅިގެން ކުރިއަށް ގެންދާ މި ފޯރަމުގެ ތީމަކީ ކޮރަޕްޝަންގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއަށް ހުރި ހުރަސްތަކާއި ގޮންޖެހުންތައް ނައްތާލުމަށް މަސައްކަތްކުރުމެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މިފޯރަމްގެ ތީމެެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "ސްޓްރެންތެނިންގ އިންޓަގްރިޓީ އެންޑް ކޮމްބެޓިންގ ކޮރަޕްޝަން އިން ދަ ޓޫރިޒަމް ސެކްޓަރ" ނުވަތަ ކޮރަޕްޝަންގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއަށް ހުރި ހުރަސްތަކާއި ގޮންޖެހުންތައް ނައްތާލުމަށް މަސައްކަތްކުރުމުގެ މައްޗަށެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.