ކެރަލާގެ މަގެއް
ފެތުރެމުން ދަނީ ބްރެއިން އީޓިން އެމީބާ އިންފެކްޝަން
އިންޑިއާގެ ކެރެލާގައި ސިކުނޑިއަށް ޖެހޭ "ބްރެއިން އީޓިން އެމީބާ އިންފެކްޝަން" ފެތުރެމުންދާތީ ދިވެހިން ސަމާލުވާން އެދިއްޖެއެވެ.
ރާއްޖޭގެ ކޮންސިއުލޭޓް ޖެނަރަލުން ނެރުނު އިއުލާނެއްގައި ބުނީ ސިކުނޑިއަށް ޖެހޭ އެ ބައްޔަށް ސަމާލުވުމަށް ކެރެލާގެ ސިއްހަތާ ބެހޭ ވުޒާރާތަކުން އިލްތިމާސްކޮށްފައިވާ ކަމަށެވެ.
މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ފިޓް ޖެހުމާއި ބޮލުގައި ރިއްސުމާއި ހުން އައުމާއި ހޮޑުލުމާއި ކަނދުރާގެ ނާރު އެރުމާއި ވާނުވާ ނޭނގުން ހިމެނެއެވެ. މިފަދަ އަލާމަތެއް ފެނިއްޖެ ނަމަ، ލަސްނުކޮށް ޑޮކްޓަރަށް ދައްކަން ވަނީ އަންގައިފައެވެ.
ކޮންސިއުލޭޓުން ބުނީ އެ ބައްޔަކީ ކަންފަތުން ނުވަތަ ނޭފަތުން ހަށިގަނޑު ތެރެއަށްދާ ޖަރާސީމަކަށްވާތީ ކޯރާއި ސްވިމިން ޕޫލަށް އެރުން ރައްކާތެރި ނޫން ކަމަށެވެ. އެފަދަ ތަންތަނަށް އެރޭ ނަމަ، ކަންފަތާއި ނޭފަތަށް ފެން ނޭޅޭ ގޮތަށް އިޔާ ބަޑް ފަދަ ތަކެތި ބޭނުން ކުރަން ވެސް އެދިފައިވެއެވެ.
ކޮމެންޓް