ކުރިއަށް ގެންދިޔަ 'އޮޕަރޭޝަން ކުރަނގި' ގެ ތެރެއިން
ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ފަށާފައިވާ "އޮޕަރޭޝަން ކުރަނގި"ގެ ބޮޑު ހަރަކާތެއް މިއަދު ފަށައިފިއެވެ.
އޮޕަރޭޝަން މިއަދު ހަވީރު 6:00އާ ހަމައަށް ކުރިއަށްދާނެ ކަމަށް ހޯމް މިނިސްޓްރީއިން ބުނެއެވެ.
ހޯމް މިނިސްޓްރީގެ 75 އޮފިޝަލުން މި ހަރަކާތުގައި ބައިވެރިވާނެ ، މާލެ ސަރަހަށްދު އިތުރުން ތިލަފުއްޓާއި ގުޅީފަޅުގައި ހަރަކާތްތެރިވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
އޮޕަރޭޝަން ކުރަނގީގެ ދަށުން މިހާތަނަށް 18،900އަށް ވުރެ ގިނަ ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ އެއްކޮށްފައިވާ ކަމަށް ހޯމް މިނިސްޓްރީއިން ވަނީ ބުނެފައެވެ. އަދި ރާއްޖޭގެ 194 ރަށެއްގައި މި މަސައްކަތް ފަށައިފައިވާ ކަމަށާއި 50 ރަށެއްގައި މި މަސައްކަތް ނިންމާފައިވާ ކަމަށް ވެސް މިނިސްޓްރީއިން ބުނެއެވެ.
ކޮމެންޓް