ހުޅުމާލެ ކައުންސިލަރ ސްޓެލްކޯގެ އެމްޑީއާއެކު
ހުޅުމާލޭ އަޒީޒާ މިސްކިތުގައި ދިމާވެފައިވާ ކަރަންޓުގެ މައްސަލައާ ގުޅިގެން މިސްކިތުގެ އެއަރކޯން ބޭނުންކުރުން ވަގުތީގޮތުން ހުއްޓާލަން ޖެހިފައިވާ ކަމަށް ހުޅުމާލެ ކައުންސިލަރ އަލީ އައިމަން މިއަދު ވަނީ ހާމަކުރައްވާފައެވެ.
މި މައްސަލަ ޙައްލުކުރުމަށް ސްޓެލްކޯއަށް ގުޅުއްވުމަށްފަހު، ކައުންސިލަރ އައިމަން މިސްކިތަށް ވަޑައިގެންނެވި އިރު، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ އަމިއްލަފުޅަށް މަސައްކަތް ރާވައި ހިންގަވަން ވަޑައިގެން ހުންނެވިކަން ފާހަގަކުރެއްވިއެވެ.
"އެމްޑީގެ ބުރަ ޝެޑިއުލްތެރެއިން ވެސް ވަގުތު ދެއްވިކަމަށްޓަކައި ވަރަށް ބޮޑަށް ޝުކުރު އަދާކުރަން،"ކައުންސިލަރ އައިމަން ވިދާޅުވިއެވެ.
މިސްކިތުގެ ކަރަންޓުގެ މައްސަލަ ވީހާވެސް އަވަހަކަށް ޙައްލުކޮށްދިނުމަށް ސްޓެލްކޯއިން މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން މަޢުލޫމާތު ދެއެވެ.
ކޮމެންޓް