މެނިންގޯކޮކަލް ބަލީ
މީހާއާ ގާތުން އެއްތާވި މީހުންގެ އަދި މިހާތަނަށް މީހަކު މި ބައްޔަށް ފައްސިވެފައިނުވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވެއްޖެއެވެ.
މެލޭޝިއާއަށް ކުރި ދަތުރަކަށް ފަހު ރާއްޖެ އައި އުމުރުން 24 އަހަރުގެ ދިވެހި އެ ޒުވާން ފިރިހެން މީހާ ނިޔާވިއިރު، އޭނާ ވަނީ ބައްޔަށް ފައްސިވެފައެވެ. އެކަން އެޗްޕީއޭއިން އިއުލާން ކުރީ އިއްޔެއެވެ.
އެޗްޕީއޭއިން ވިދާޅުވީ، އިންވޭސިވް މެނިންގޯކޮކަލް ބަލީގެ ވޭދަނައެއް ފެނުމާ ގުޅިގެން ކަމާ ބެހޭ މައުލޫމާތު އެއްކޮށް، ގާތުން އެއްތާވި މީހުން ހޯދާ، ހިރާސް ބޮޑު މީހުންނަށް ބަލިން ރައްކާތެރިވުމަށްދޭ ޕްރޮފައިލެކްޓިކް ބޭސް ދިނުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
މީގެ އިތުރުން ވެސް ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ އިތުރު ފިޔަވަޅުތައް އެޅުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ.
އެޗްޕީއޭގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ގާތުން އެެއްތާވި މީހުން ހޯދުމާއު މޮނިޓަރިންގެ މަސައްކަތްތައް އަދިވެސް ކުރިއަށްދާ ކަމަށެވެ.
އަދި މިވަގުތު އެއްވެސް މީހަކު އެއް ބައްޔަށް ފައްސިނުވާ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.
ކޮންޓެކްޓް ޓްރޭސިން އާއި މޮނިޓަރިންގެ މަރުހަލާތައް ނިމުމުން މީޑިއާއަށް އަޕްޑޭޓް ދޭނަން.
ކޮމެންޓް