ގަވަރުނަރު ހާޝިމް
ޖަވާބުދާރީވުމުގެ ފުރުސަތު އަލީ ހާޝިމަށް ދެ ފަހަރެއްގެ މަތިން ދީފަ، ކޮމިޓީން ތާވާލުކުރި ބައްދަލުވުންތަކަށް އޭނާ ވަޑައިނުގަންނަވަ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަލީ ހާޝިމް ވަކިކުރަން، ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ލަފާ ދިނުމަށް ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފިއެވެ.
މަޖިލިހުގެ މިއަދުގެ ޖަލްސާގައި މާލިއްޔަތު ކޮމިޓީން މަޖިލިހުގެ ތަޅުމަށް ހުށަހެޅި ރިޕޯޓު ފާސް ކުރީ 63 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އެ ރިޕޯޓު ފާސް ކުރަން ނުފެންނަ ކަމަށް ނުވަ މެމްބަރުން ވަނީ ވޯޓު ދެއްވައިފައެވެ. މަޖިލިހުން މިގޮތަށް ނިންމި ކަމުގައި ވިޔަސް، އެމްއެމްއޭގެ ގަވަރުނަރު އައްޔަން ކުރުމާއި ވަކި ކުރުމަކީ ގާނޫނުން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގަންނަވާ ބާރެކެވެ. މަޖިލިހުގެ އެ ނިންމުމާ މެދު ރައީސް ޑރ. މުޢިއްޒު އަދި ވަކި ގޮތެއް ނުނިންމަވައެވެ.
އެ މައްސަލަ ބެލުމަށް ފަހު މާލިއްޔަތު ކޮމިޓީން ވަނީ ޖަވާބުދާރީވުމުގެ ފުރުސަތު އަލީ ހާޝިމަށް ދެ ފަހަރެއްގެ މަތިން ދީފަ އެވެ. އެކަމަކު އާލާސްކަންފުޅާ އުޅުއްވާ ކަމަށް ވިދާޅުވެ، ކޮމިޓީން ތާވާލުކުރި ބައްދަލުވުންތަކަށް އޭނާ ވަޑައިނުގަންނަވައެވެ.
ކޮމެންޓް