ކުރިއަށް އޮތް 24 ގަޑިއިރު ވިއްސާރަކުރާނެ: މެޓް އޮފީސް

,ކަނޑު ގަދަ

ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

އެ އިދާރާއިން ކުރިއަށް އޮތް 24 ގަޑިއިރުގެ މޫސުމް ލަފާކޮށް ބުނީ، ކުރިއަށްއޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށެވެ. އަދި މެދުރާއްޖެ އާއި ދެކުނުގެ ކަނޑުތައްވެސް ގަދަވާނެކަމަށް މެޓު އޮފީހުން ވަނީ ބުނެފައެވެ.

އިތުރަށް މެޓުން ވަނީ ކުރިއަށް އޮތް 24 ގަޑިއިރު ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. މެޓުން ބުނީ ރާއްޖެއަށް މިހާރުކުރަމުންދަނީ ދެމޫސުން ބެދޭ އިރު ކުރާ ވިއްސާރަކަމަށެވެ.

މިހާރުކުރަމުންދާ ވިއްސާރަ އަލިވާނެކަމަށް ބެލެވެނީ ހުކުރު ދުވަހުކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވިދާޅުވެއެވެ.

މޫސުން ގޯސްވުމާ ގުޅިގެން ފުލުހުންވެސް ވަނީ އިލްތިމާސްތަކެއް އާންމު ކޮށްފައެވެ. އެގޮތުން އާންމު ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، ކޮންޓްރޯލް ކުރެވޭ މިންގަނޑުގައި އެއްގަމު އުޅަނދު ދުއްވުމަށާއި ބުރުގާ އަޅާނަމަ ބުރުގާ މޫނު މައްޗަށް ނުވެއްޓޭ ގޮތުން ބެހެއްޓުން މުހިންމު ކަމަށެވެ. އަދި ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމީ ސަމާލުތަކާ އެއްގޮތަށް އަމަލު ކުރަމުން ގެންދިޔުމަށެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.