ޓްރަމްޕް ރާވާފައިވަނީ ޝިކާގޯގައި އިމިގްރޭޝަންގެ ބޮޑު ރޭޑަކަށް

ޑޮނަލްޑް ޓްރަމްޕް

ޑޮނަލްޑް ޓްރަމްޕް ވެރިކަމާ ހަވާލުވެވަޑައިގަންނަވާތާ އެއް ދުވަހު ޝިކާގޯގައި ބޮޑު އިމިގްރޭޝަން ރޭޑެއް ފެށުމަށް އަންނަ އެމެރިކާގެ ރިޔާސީ ވެރިކަމުގައި ރާވާފައިވާ ކަމަށް ވޯލް ސްޓްރީޓް ޖާނަލް އިން ހުކުރު ދުވަހު ރިޕޯޓްކޮށްފައިވެ އެވެ.

އަންގާރަ ދުވަހު (ޖެނުއަރީ 21، 2025) ފެށޭނެ ކަމަށް ބެލެވޭ މި ރޭޑް މުޅި ހަފްތާގައި ދެމިގެންދާނެ ކަމަށް ވޯލް ސްޓްރީޓް ޖާނަލް އިން ބުނެފައިވާއިރު، އެމެރިކާގެ އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމަންޓުން މި އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް 100 އާއި 200 އާ ދެމެދުގެ އޮފިސަރުން ފޮނުވާނެ ކަމަށެވެ.

ޓްރަމްޕްގެ ޓްރާންސިޝަން ޓީމުން ރޮއިޓާސް އިން ކޮމެންޓެއް ހޯދުމަށް އެދުމުން ވަގުތުން ޖަވާބެއް ނުދެ އެވެ.

އޭނާގެ އަންނަ ބޯޑަރު ސާރ، ޓޮމް ހޯމަން، އެ ސިޓީގައި ބޭއްވި އިވެންޓެއްގައި ވިދާޅުވީ، އެޑްމިނިސްޓްރޭޝަން "ފެށޭނީ ހަމަ މިތާ އިލިނޮއިސްގެ ޝިކާގޯއިން" ކަމަށް ޖާނަލް އިން ރިޕޯޓްކޮށްފައިވެ އެވެ.

"އަދި ޝިކާގޯގެ މޭޔަރު އެހީތެރިވާން ބޭނުން ނުވާނަމަ އެއްފަރާތަކަށް ޖެހިދާނެ. އެކަމަކު އަޅުގަނޑުމެންނަށް ހުރަސް އެޅިއްޖެ ނަމަ، އެނގިހުރެ ގަވާއިދާ ހިލާފަށް ބިދޭސީއަކު ބަނދަރުކޮށްފިނަމަ ނުވަތަ ފޮރުވައިފި ނަމަ އަހަރެން ދައުވާ ކުރާނަން،" އޭނާއާ ހަވާލާދީ ބުނެފައިވެ އެވެ.

ނޮވެމްބަރު މަހުގެ ފަސް ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކުރިން ޓްރަމްޕްގެ ކެމްޕޭންގެ މަރުކަޒުގައި އޮތީ އިމިގްރޭޝަން އެވެ.

"އަޅުގަނޑު ވެރިކަމަށް ވަޑައިގެންނެވިތާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެމެރިކާގެ ތާރީހުގައި ވެސް ޑޮމެސްޓިކް ޑިޕޯޓް ކުރުމުގެ އެންމެ ބޮޑު އޮޕަރޭޝަން އަޅުގަނޑުމެން ފަށާނަން،" ޓްރަމްޕް 2024 ވަނަ އަހަރުގެ ޖެނުއަރީ މަހު ވިދާޅުވި އެވެ.

ޓްރަމްޕް ރެކޯޑް އަދަދަކަށް އިމިގްރޭޝަން ޑިޕޯޓް ކުރުމަށް އެހީތެރިވުމަށް އެމެރިކާ ސަރުކާރުގެ ހުރިހާ އިދާރާތަކެއް ޖަމާކުރާނެ ކަމަށް ބެލެވޭ ކަމަށް ރޮއިޓާސް އިން ރިޕޯޓްކޮށްފައިވެ އެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.