ޑީޕޯޓު ކުރާ ބިދޭސީން
މީހުންގެ ފޮޓޯއާއި އުމުރު ފިޔަވައި އިތުރު މައުލޫމާތެއް އިމިގްރޭޝަނުން ހާމައެއް ނުކުރޭ
މިދިޔަ ބުދަ ދުވަހުގެރޭ މާލޭގައި ހިންގި މާރާމާރީއާ ގުޅިގެން ހަ ބިދޭސީއަކު ޑީޕޯޓް ކުރަން ނިންމައިފިއެވެ.
އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ މާލޭގައި ހިނގި މާރާމާރީއެއްގެ މައްސަލައަކާ ގުޅިގެން، ފުލުހުން ހަ ބިދޭސީއަކު އެ އިދާރާއާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އިމިގްރޭޝަން ގާނޫނުގެ ދަށުން އެ ހުރިހާ ބިދޭސީންގެ ވިސާ ބާތިލުކޮށް، ޑީޕޯޓުކުރުމަށް ނިންމައިފައިވާ ކަމަށް އެ ޕޯސްޓުގައިވެއެވެ.
އެ ހަ މީހުންގެ ފޮޓޯއާއި އުމުރު ފިޔަވައި އިތުރު މައުލޫމާތެއް އިމިގްރޭޝަނުން ހާމައެއް ނުކުރެއެވެ. އޭގެ ތެރޭގައި ހިމެނެނީ 26، 27، 38، 40 އަދި 29 އަހަރުގެ ދެ މީހުންނެވެ.
ބުދަ ދުވަހުގެ ރޭ މާލޭގެ މަގުމަތީގައި ލަޓިބުރިތަކެއް ހިފައިގެން ބިދޭސީންތަކެއް މާރާމާރީ ހިންގާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައިވެއެވެ.
ކޮމެންޓް