"ދިވެހިރާއްޖޭގެ ހަކަތައިގެ ސިޔާސަތުތަކާއި އިސްތިރާޖީތައް 2024 – 2029" އިފްތިތާޙުކޮށްފި

ހަކަތައިގެ އިސްތިރާޖީ އިފްތިތާޙުކުރަނީ

އިމްޕޯޓު ކުރާ ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް ރާއްޖެއިން ލިބެންހުރި އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން އުފައްދާ ހަކަތައިގެ މިންވަރު އިތުރުކުރުން

ދިވެހިރާއްޖޭގެ ހަކަތައިގެ ދާއިރާ ކުރިއަރުވާ ތަރައްޤީކުރުމަށް އެކުލަވާލާފައިވާ "ދިވެހިރާއްޖޭގެ ހަކަތައިގެ ސިޔާސަތުތަކާއި އިސްތިރާޖީތައް 2024 – 2029" އިފްތިތާޙުކޮށްފިއެވެ.

ހަކަތައިގެ ސިޔާސަތުތަކާއި އިސްތިރާޖީތައް 2024 – 2029 އިފްތިތާޙުކޮށްދެއްވީ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޠާރިޤް އިބަރާހީމެވެ. މި ރަސްމިއްޔާތަށް ސަރުކާރުގެ ބައެއް    ވަޒީރުންނާއި، ޔުޓިލިޓީތަކުގެ އިސްވެރީން ބައިވެރިވެޑައިގެންނެވިއެވެ.

ހަކަތައިގެ ސިޔާސަތާއި އިސްތިރާޖީ އަމާޒު ހިފާފައިވަނީ ދިވެހިރާއްޖޭގެ އިއްޒަތްތެރި އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ކޮޕް-28 ގެ ވައުދުފުޅާ އެއްގޮތަށް އިމްޕޯޓު ކުރާ ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް ރާއްޖެއިން ލިބެންހުރި އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން އުފައްދާ ހަކަތައިގެ މިންވަރު އިތުރުކުރުމަށެވެ.

ހަކަތައިގެ އިސްތިރާޖީތައް 2024 – 2029 ބިނާކޮށްފައިވަނީ މައިގަނޑު ފަސް ސިޔާސަތެއްގެ މައްޗަށެވެ. އެއީ:-

  • އިރުގެ އަތްވާއި އަލީގެ ޓެކްނޯލޮޖީގެ އިތުރުން، ވަޔާއި ކަނޑުގެ އޮޔާއި ރާޅުން އަދި ދިޔަވަރުން ހަކަތަ އުފެއްދިދާނެ ގޮތްތައް ހޯދާ އަޖުމަބަލައި ތަރައްޤީކުރުމަކީވެސް ހަކަތައިގެ ސިޔާސަތުގެ ވަރަށް ބޮޑު އަމާޒެކެވެ.

  • ހަކަތައިގެ ދާއިރާއަށް އަންނަމުންދާ އައު ޓެކްނޮލޯޖީ ދިވެހިރާއްޖެއަށް ތަޢާރަފުކޮށް އިންސާނީ ވަސީލަތް ބިނާކޮށް ކުރިއެރުވުމަކީވެސް ހަކަތައިގެ ސިޔާސަތުގައި އިސްކަމެއް ދީފައިވާ ކަމެކެވެ.

  • ހަކަތަ ސަމަކާރަކުރުމަށާއި އިސްރާފު ކުޑަކުރުމަށް ކުރަންޖެހޭ އިތުރުކަންކަން ތަޢާރަފުކޮށް ރައްޔިތުން އެކަމަށް އަހުލުވެރި ކުރުވުމަކީވެސް ހަކަތައިގެ ސިޔާސަތުގައި ހިމަނާފައިވާ ކަމެކެވެ.

  • ހަކަތައިގެ ދާއިރާ ވަރަށް ޝާމިލު ގޮތެއްގައި ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި އެއްގަމާއި ކަނޑުގެ ދަތުރުފަތުރުތެރެއަށް އިއާދަކުރަނިވި ހަކަތަ ތައާރަފުކުރުމަކީވެސް ހަކަތައިގެ ސިޔާސަތުގައި ޚާއްޞަކަމެއް ދީފައިވާ ކަމެކެވެ.

  • ހަކަތައިގެ ދާއިރާގައި ހިމެނޭ ތަންފީޒީ އިދާރާތަކާއި ހަކަތައިގެ ދާއިރާ ހަރުދަނާކޮށް ކުރިއެރުވުމަށް ބޭނުންވާ ޤާނޫނާއި ޤަވާޢިދުތައް ހަރުދަނާކުރުމަކީވެސް ވަރަށް ބޮޑު ސަމާލުކަމެއް ދީފައިވާ ކަމެކެވެ.

 

 

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.