އެމްއެންޑީއެފް ބޭންޑު
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ބޭންޑުގެ ޚާއްޞަ ހަރަކާތްތަކެއް މިރޭ ހުޅުމާލެ ސެންޓްރަލް ޕާކްގައި ކުރިއަށްދާނެ ކަމަށް އެމްއެންޑީއެފްއިން މަޢުލޫމާތު ދީފިއެވެ.
މި ހަރަކާތް ކުރިއަށްދާނީ މިރޭ 21:00 އިން 22:00 އަށް ކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ. މި ހަރަކާތަކީ އާންމުންނަށް ހުޅުވާލެވިގެން ކުރިއަށްދާ ހަރަކާތެއް ކަމަށްވެސް އެމްއެންޑީއެފްއިން ފާހަގަކޮށްފައިވެއެވެ.
އެމްއެންޑީއެފް ބޭންޑުގެ މިފަދا ހަރަކާތްތަކަކީ އާންމު ރައްޔިތުންނާއި ސިފައިންނާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމަށް ކުރިއަށްގެންދާ ހަރަކާތްތަކެއް ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.
ހުޅުމާލެ ސެންޓްރަލް ޕާކްގައި ކުރިއަށްދާ މި ހަރަކާތުގައި އެމްއެންޑީއެފް ބޭންޑުން ތަފާތު މިއުޒިކަލް ޕަފޯމަންސްތަކެއް ދައްކާނެ ކަމަށް ބެލެވެއެވެ.
ކޮމެންޓް