އިއްޔެގެ ކުޅުމުގެ ތެރެއިން
އެފްސީ މަކާއު ވަނީ 2 ލަނޑު ޖަހައިގެން މޮޅުވެފައި، ސޮސް ބޮއިޒް ވަނީ 3 ލަނޑ ޖަހަިގެން މޮޅުވެފައި
ހިންނަވަރު ކޮމިއުނިޓީ ސެންޓަރު (އެޗްސީސީ) ޗެންޕިއަންޝިޕްގެ ފޯރިގަދަ މެޗުތަކެއް އިއްޔެވެސް ކުރިޔަށް ގޮއްސިއެވެ.
އިއްޔެގެ ފުރަތަމަ މެޗުގައި ޔަންގ ބޮއިޒް އާއި އެފްސީ މަކާއުގެ މެޗު ނިމިފައިވަނީ 0 - 2 އިން އެފްސީ މަކާއު މޮޅުވެގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާކަން ހޯދީ އެފްސީ މަކާއުގެ ޖާރޒީ ނަންބަރު 18 މުޙައްމަދު ހުމައިޝް މުސާއެވެ. ހުމައިޝް ވަނީ މި މެޗުގައި މޮޅު ކުޅުމެއް ދައްކާފައެވެ.
އިއްޔެގެ ދެވަނަ މެޗުގައި ސޮސް ބޮއިޒް އާއި ރިވަރސައިޑްގެ މެޗު ނިމިފައިވަނީ 1 - 3 އިން ސޮސް ބޮއިޒް މޮޅުވެގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާކަން ހޯދީ ސޮސް ބޮއިޒްގެ ޖާރޒީ ނަންބަރު 39 އަފްރާޙް އަޙުމަދުއެވެ. އަފްރާޙް ވަނީ މި މެޗުގައި 2 ލަނޑު ޖަހާފައެވެ.
މިއަދުވެސް ވަރަށް ފޯރިގަދަ މެޗުތަކެއް މި މުބާރާތުގައި ކުރިޔަށްދިޔުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ފުރަތަމަ މެޗުގައި ޓޮރާ ބޮރާ އާއި އެފްސީ މަކާއު ބައްދަލުކުރަން ވަނީ ހަމަޖެހިފައެވެ. އަދި ދެވަނަ މެޗުގައި ރިވަރސައިޑް އާއި އެފްސީ ހޯޕް ބައްދަލުކުރަން ވަނީ ހަމަޖެހިފައެވެ.
ކޮމެންޓް