ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު (ޖީޑީސީ) އައް ކުރުއްވި ޒިޔާރަތް
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ބުރާސްފަތި ދުވަހު ޓަލިންގައި ހުންނަ ގްރީނާޖީ ޑޭޓާ ސެންޓަރސް (ޖީޑީސީ) އަށް ޒިޔާރަތް ކުރައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާއަށް ވަޑައިގަތުމާއެކު، ޗީފް އެގްޒެކެޓިވް އޮފިސަރު އަދި ޗީފް ޑިވެލޮޕްމަންޓް އޮފިސަރު މިސްޓަރ ކެރޓް އެވަރޓް އާއި ޗީފް ޓެކްނޮލޮޖީ އޮފިސަރު މިސްޓަރ ޓޫމާސް ކެލް ވަނީ މަރުހަބާ ވިދާޅުވެފައެވެ.
އެއަށްފަހު ރައީސުލްޖުމްހޫރިއްޔާއަށް މި މަރުކަޒާ ބެހޭ ގޮތުން ޕްރެޒެންޓޭޝަނެއް ދެއްވީ ޖީޑީސީގެ ފައުންޑަރ އަލްފާޟިލް އުއްލާރ ޖަކްސޫ އެވެ. މި ޕްރެޒެންޓޭޝަންގައި މިސްޓަރ ޖަކްސޫ އަލިއަޅުވާލެއްވީ މަރުކަޒުގެ މަޤްޞަދަކީ ޑިޖިޓަލައިޒޭޝަންގެ ތެރެއިން އެންމެން ގުޅިފައިވާ ޑިޖިޓަލް މުސްތަޤްބަލެއް ޕާޓްނަރުންނާއެކު ކޯ-ކްރިއޭޓް ކުރުމަށް ލަފާދޭ ދައުރެއް ފޯރުކޮށްދިނުމެވެ.
2020 ވަނަ އަހަރު އުފެދުނު ޖީޑީސީ އަކީ ބާލްޓިކް ސަރަހައްދުގެ އެންމެ ބޮޑު ޑޭޓާ ސެންޓަރެވެ. އެ ފެސިލިޓީގައި އޭއައި އިން ދުއްވާ ޒަމާނީ ސެކިއުރިޓީ ސިސްޓަމްތަކާއި ސަވައިލެންސް ބޭނުން ކުރެ އެވެ. ދެމެހެއްޓެނިވި ގޮތެއްގައި ކަންކަން ކުރުމަށް ވަރުގަދަ ސަމާލުކަމެއް ދީގެން، މި މަރުކަޒުން އިއާދަކުރަނިވި ހަކަތަ ބޭނުންކޮށް، ހަކަތަ އެންމެ ރަނގަޅަށް ބޭނުންކުރުމަށްޓަކައި ކުނި ހޫނު ރީސައިކަލް ކުރުން ތަންފީޒު ކުރެ އެވެ. އެއީ މި ސަރަހައްދުގައި ދެމެހެއްޓެނިވި ޑިޖިޓަލް ޓްރާންސްފޯމަޝަނަށް އެހީތެރިވެދީ، އަދި އިތުބާރު ކުރެވޭ، ވަރުގަދަ، ދެމެހެއްޓެނިވި އަދި ކަސްޓަމަރުންނަށް ފޯކަސް ކުރެވޭ ޑިޖިޓަލައިޒޭޝަންގެ ތެރެއިން ޖަޒީރާތައް ގުޅުވައިލުމުގެ އަމާޒު ހިފައިގެންނެވެ.
އެސްޓޯނިއާގެ ރައީސް ޑރ އަލާރ ކަރީސް ދެއްވި ދަޢުވަތަކައް ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ އެސްޓޯނިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަމުންނެވެ.
ކޮމެންޓް