ހިނާ ވަލީދު
ސޯޝަލް މީޑިއާގެ އެކި އެކި ޕްލެޓްފޯމްތައް ބްލޮކް ކުރަން އުޅޭ ވާހަކަތައް ސަރުކާރުން ދޮގުކޮށްފިއެވެ.
މީޑިއާގެ އެޕްލިކޭޝަންތައް ސަރުކާރުން ބްލޮކް ކުރާ ވާހަކަތަކެއް ދާދިފަހުން ވަނީ ފެތުރިފައެވެ. އެކަމާ ބައެއް އާންމުން ކަންބޮޑުވުން ފާޅު ކުރަމުންދާ މި ދަނޑިވަޅުގައި ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވަނީ އެވާހަކަތައް ދޮގު ކުރައްވާފައެވެ.
ހީނާ ވިދާޅުވީ، ސޯޝަލް މީޑިއާގެ ބައެއް ޕްލެޓުފޯމުތައް ބްލޮކުކުރުމަށް ސަރުކާރުން ވިސްނަމުންދާކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި ސޯޝަލް މީޑިއާގެ އެއްވެސް ޕްލެޓުފޯމެއް ބްލޮކުކުރުމަށް ސަރުކާރުން ނިންމާފައި ނުވާ ކަމަށާއި އެފަދަ ނިންމުމެއް ނިންމުމަށް ސަރުކާރުން މަޝްވަރާކޮށްފައި ވެސް ނުވާ ކަމަށް ހީނާ ވިދާޅުވިއެވެ.
ރާއްޖޭގެ ސަރުކާރުން މިކަން ދޮގުކޮށްފައިވާއިރު އިންޑިއާއި ނޭޕާލް އިން ވަނީ ޓިކްޓޮކް ބޭން ކޮށްފައެވެ.
ކޮމެންޓް