ރައީސް ޑރ. މުޢިއްޒު އާއި މުހުތާޒް
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ހަމަޖައްސަވަނީ ސިންގަޕޫރުގައި ހުންނަ ދިވެހި އެމްބަސީގެ ޑެޕިއުޓީ އެމްބެސަޑަރަކަށް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކްރިމިނަލް ޖަސްޓިސް އެޑްވައިޒަރެއްގެ މަގާމުގައި ހުންނެވި ކުރީގެ ޕީޖީ، މުހުތާޒު މުހުސިން ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމަށް ބަދަލުކުރައްވައިފިއެވެ.
މުހުތާޒް ކްރިމިނަލް ޖަސްޓިސް އެޑްވައިޒަރުގެ މަގާމަށް އައްޔަން ކުރެއްވީ މިދިޔަ ޖެނުއަރީ މަހުގައެވެ. އޭނާ ވަނީ ނިމިދިޔަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި ދަނގެތި ދާއިރާ އަށް ވާދަކުރައްވައިފައެވެ. އެކަމަކު، އެޕްރައިމަރީ ކާމިޔާބު ކުރެއްވޭ ގޮތެއް ނުވިއެވެ.
މުހުތާޒު ފޮރިން މިނިސްޓްރީއަށް ބަދަލުކޮށްފައި މިވަނީ އޭނާ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް އައްޔަނު ކޮށްފާނެ ކަމުގެ އަޑުތައް ގަދަވެފައި ވަނިކޮށެވެ. ނަމަވެސް މަޢުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ހަމަޖައްސަވަނީ ސިންގަޕޫރުގައި ހުންނަ ދިވެހި އެމްބަސީގެ ޑެޕިއުޓީ އެމްބެސަޑަރަކަށެވެ.
ކޮމެންޓް